މިއަދުގެ މެޗަށް ނިކުންނައިރު މިލަދޫޓީމު ރަނގަޅު ފޯމެއްގައި

ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި މިލަދޫ އާއި މަނަދޫ ބައްދަލުކުރާއިރު މިފަހަރުގެ މުބާރާތުގައި މިހާތަނަށް އައިއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ މިލަދޫގެ ފުޓްބޯޅަ ޓީމެވެ.

މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕްތަކަށް ޓީމުތައް ބައިކުރެވުނު ގޮތުން މަރުގެ ގްރޫޕްގެ ގޮތުގައި ފާހަގަކުރެވުނު އެންމެ ވަރުގަދަ ގްރޫޕްކަމަށްވާ ގްރޫޕް 1 ގެ 1 ވަނަ އެއްވެސް މަޗަކުން ބަލިނުވެ މިލަދޫޓީމުން ކުއާޓާރއަށް އައުމުން އެޓީމު މި މުބާރާތައް ތައްޔާރުވެފައިވާ ވަރާއި ޓީމުގެ ވަރުގަދަކަމާއި ޓީމުއޮތީ ރަނގަޅު ފޯމެއްގައިކަން އެނގިގެން ދެއެވެ.

މިލަދޫޓީމުގެ އަމާޒަކީ ޑީއެކްސް ހޯދި ކާމިޔާބީތައް އަލުން އަބުރާ ހޯދުން / ފޮޓޯ:އެސްއެމްއެސް ފޭސްބުކް ޕޭޖު

މިއަދުގެ މެޗަށް ނިކުންނަ މަނަދޫ ފުޓްބޯޅަ ޓީމަކީ ހުނަރުވެރިކަމުގެ ގޮތުން މޮޅަތި ކުޅުންތެރިންތަކެއް ތިބިނަމަވެސް މުބާރާތް ފެށިއިރުވެސް ޓީމުގެ ތެރޭގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް މިފަހަރު އޮތްޓިމެކެވެ. މިކަން މިފަހަރުގެ މުބާރާތުގައި އެޓީމުން ކުޅުނު މެޗްތަކުން ނެރެވިފައިވާ ނަތީޖާތަކުން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.

ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ކުއާޓާރ ފައިނަލްމެޗަށް މަނަދޫއިން ނިކުންނާނީ ޓިމަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް ފުޓްބޯޅަގައި މަނަދޫގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ މިލަދޫ ބަލިކޮށް ސެމީއިން ޖާގައެއް ހޯދުމަށެވެ.

ހަމަ މިގޮތަށް މިފަހަރުގެ މި މުބާރާތައް ދުރާލާ އެންމެ ރަނގަޅަށް ތައްޔާރުވަމުން އައި މިލަދޫއިން ނިކުންނާނީ މީގެ އަހަރުތަކެއް ކުރިން މިލަދޫގެ ޑީއެކްސް ހޯދި ކާމިޔާބީތައް އަލުން އެރަށަށް ހޯދައި ދިނުމުގެ އަޒުމުގައި މިއަދުގެ މެޗުން މަނަދޫ ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށެވެ.

މަނަދޫޓީމުން ނިކުންނަނީ ޓީމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް މިލަދޫ ބަލިކޮށް ސެމީގެ ޖާގައެއް ހޯދުމަށް / ފޮޓޯ: އެސްއެމްއެސް ފޭސްބުކުޕޭޖު

ދެޓީމުގެ އޮފިޝަލުންވެސް މަޢުލޫމާތު ދެއްވާ ގޮތުގައި މިއަދުގެ މެޗަށް ނިކުންނައިރު ދެޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ތައްޔާރުވެ ފައްކާވަފައެވެ. ޓީމުގެ ކުޅުންތެރިންގެ ތެރޭގައި މާބޮޑު އެންޖަރީސްތަކެއް ނެތެވެ.

އުންމީދު ކުރެވޭ ގޮތުގައި މިއަދުގެ މެޗު ވެގެންދާނީ ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ. މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު ދެޓީމު އެއްވަރުވެފައިވާނަމަ އިތުރުވަގުތު ކުޅުވުމެއް ނެތި ޕެނަލްޓީ ޖަހައިގެން މެޗުގެ ނަތީޖާއެއް ނެރޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހެންކަމާއި އެކު މިއަދުގެ މެޗުގެ ކުޅުން ހަވީރު 3:30 ގައި ފެށޭނެއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
Rummagu
Rummagu

My dear mihaas. 1986 ge fahun manadhooo akah footbalhaiga miladhoo aa kulhe molhu vevifaeh neh. Dhen kon vaadhaeh onnaamee? Vaadha verivaanee eh fenvaregge team eh namathaa. Hahahaha. Mi.kiyaaleema heevanee maa. Arygadha hen manadhoo. Miladhoo meehun manadhoo bali nuvegen ulhey hen. Hama jehey gothah liyabala

Tedhu
Tedhu

Kon gothakuntha manadhoo aa miladhoo football ga vaadhaveri vanee. Balaaba kithah faharu manadhoo meehun miladhoo athun molhuvefa oiy tho. ? vaadhaverivun kiyaanee eh hamaehga ulhey dhe team mama. Misaalakah kulhumug fenvaraa hoadhi kaamiyaabee. Thaareekh bunaa gothun footboalhaiga manadhoo akee miladhoo kairyga fathiganduves firukaalevey varu baeh noon. LoL