މިފަހަރުގެ ފެވަރިޓުންނަކީ ހޮޅުދޫ އާއި މިލަދޫ

ނ.އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުން އަންނަނީ ވޭތުވެދިޔަ ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ އާއި ނ.އަތޮޅުގެ ފުޓްބޯޅައިގައި އެއްދުވަސްވަރެއްގައި ރަސްކަން ކުރި މިލަދޫއެވެ.

މިފަހަރުގެ މުބާރާތުގައި ހޮޅުދޫއިން ނެރެފައިވާ ގަދަފަދަ ޓީމް / ފޮޓޯ: ޝިޔާމް-މަޢުރޫފް ސޮކަކަޕް ފޭސްބުކު ޕޭޖު

މިފަހަރުގެ މުބާރާތަށް  އެންމެ ފުރިހަމައަށް ދުރާލާ ތައްޔާރުވެފައިވާ ދެޓީމަކީވެސް ހަމަ ހޮޅުދޫ އާއި މިލަދޫއެވެ. މިގޮތުންހޮޅުދޫއަށް ނިސްބަތްވާ ހުރިހާ ކުޅުންތެރިން ހޮޅުދުއަށް ގެނެސް އެމީހުންނަށް ވޭތުވެދިޔަ ދެއަހަރު ކޯޗުކޮށްދިން ކޯޗުގެ އިރުޝާދުގެ ދަށުން އެޓީމުން ދުރާލާ ޕްރެކްޓިސްފަށާފައި ވާއިރު ، އެޓީމަށްވަނީ ރާއްޖޭގެ ނަންމަޝްޙޫރު ގޯލް ކީޕަރ ޓްރެއިނަރެއްވެސް ގެނެސްފައެވެ. ހޮޅުދޫ ޓީމު މިއަހަރު ނިކުމެފައިވަނީ ތިންވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް މިލުކުކުރާ ޓީމަށް ވުމަށެވެ. މިކަން ހާސިލްކުރުމަށްޓަކައި މުޅިހޮޅުދޫވަނީ އެކަތިގަނޑަކަށް ވެފައެވެ.

މިފަހަރުގެ މުބާރާތަށް މިލަދޫއިން ނެރެފައިވާ ގަދަފަދަ ޓީމް / ފޮޓޯ: ޝިޔާމް-މަޢުރޫފް ސޮކަކަޕް ފޭސްބުކު ޕޭޖު

މިލަދޫއަކީ ނުވަދިހައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ ކުރީކޮޅާއި ދެމެދު ނ.އަތޮޅުގެ ފުޓްބޯޅައިގައި ރަސްކަން ކޮށްފައިވާ ޓީމެވެ. އެދުވަސްވަރު “ޑީ-އެކްސް” އޭބުނީމަ އެއީ މިލަދޫގެ ފުޓްބޯޅަޓީމުކަން ނޭނގޭ އެއްވެސް މީހަކު ނ.އަތޮޅުގައި އުޅޭނެހެން ހިއެއްނުވެއެވެ. އަދިމީގެ އިތުރުން މަލަދޫއިންވަނީ ޒޯން ތަމްސީލްކުރުމަށް ޒޯން ޗެމްޕިއަންގެ ހައިސިއްޔަތުން މާލެވެސް ގޮސްފައެވެ. މިލަދޫ ޓީމުގެ އިސްއޮފިޝަލަކު ހާމަކުރެއްވި ގޮތުގައި މިފަހަރު މިލަދޫ ޓީމުގެ އެންމެބޮޑު އަމާޒަކީ އަނެއްކާވެސް ނ.އަތޮޅުގެ ފުޓްބޯޅައިން ނަންވިދާލާފަދަ ޓީމަކަށްވުމެވެ. އަދި ހޮޅުދޫއިން ޖެހިޖެހިގެން ތިންފަހަރަށް މިމުބާރާތް ކާމިޔާބުކުރިއަ ނުދިނުމެވެ. މިކަންތައް ހާސިލްކުރުމަށްޓަކައި މިލަދޫއިންވަނީ ރާއްޖޭގެ ނަންމަޝްހޫރު ކޯޗެއްކަމަށްވާ އިބުރާޙިމް ޙަލީމް ( ކުޑަޖަޑާ ) ގެނެސް މިމުބާރާތަށްޓަކައި ދުރާލާ ޕްރެކްޓިސް ފަށާފައެވެ.

މިއަހަރުގެ މުބާރާތުގައި މި ދެޓީމުންވެސް މެޗުތަކެއް ކުޅެފައިވާއިރު ދެޓީމުގެ ފަރާތުންވެސް ވަނީ ތަފާތު ކުޅުމެއް ދަށްކާފައެވެ. އަދި ވަކިން ހާއްޞަކޮށް މިލަދޫޓީމުގެ ފަރާތުން ފެންނަމުންދާ ހުނަރުވެރި މޮޅުކުޅުން ގިނަބަޔަކު ފާހަގަ ކުރެއެވެ.

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz