ލަންދޫގެ ލަނޑު ޖެހުންތެރިން

މިމަހުގެ 15 ވަނަ ދުވަހު ނ.މާޅެންދޫގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ލަންދޫ ޓީމުވެގެންދާނީ މިވަގުތު ލަންދޫއިން ނެގެން އޮތް އެންމެ ރަނގަޅު ޓީމުކަމުގައެވެ. ލަންދޫއަށް ނިސްބަތްވާ ހުނަރު ވެރި އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެތިން ކުޅުންތެރިން ނެތްނަމަވެސް މިފަހަރުގެ ލަންދޫޓީމުގައި ހިމެނޭ ކުޅުންތެރިނަކީވެސް ހުނަރުވެރި މޮޅަތި ކުޅުންތެރިންތަކެކެވެ.

ފަހަރު ލަންދޫޓީމަށް އޮތް އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ ޓީމުގެ ފޯވާރޑު ލައިނުގައި ތިބި ގިނަކުޅުންތެރިންނަކީ ލަންދޫގެ ފުޓްބޯޅައިގެ މިފަހުގެ ތާރީހުގައި ލަންދޫއަށް އެންމެ ގިނަ ގޯޅު ޖަހައިދީފައިވާ ކުޅުންތެރިންނަށް ވުމެވެ.

މުޙައްމަދު ސަމާޙް (ސަމައްޓޭ)

2008 ވަނަ އަހަރު ލަންދޫ ސީނިއަރޓީމަށް ފުރަތަމަ މެޗެއް ކުޅެދިން މުހައްމަދު ސަމާޙް ( ސަމައްޓޭ ) އަކީ މިވަގުތު ލަންދޫޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ އަދި ގޯލާއި އެންމެ ރައްޓެހި ކުޅުންތެރިޔާއެވެ. ސައްމައްޓޭގެ ފުޓްބޯޅައިގެ ކެރިއާރގައި މިހާތަނަށް ލަންދޫޓީމަށް 80 ގޯލު ކާމިޔާބު ކޮށްދީފައިވާއިރު ލަންދޫއިންފޯއިން ހޮވާ އެންމެގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ދެވޭ ޝަރަފުވެރި އެވޯރޑުވެސް ވޭތުވެދިޔަ ދެއަހަރު ސަމައްޓޭވަނީ ހާސިލްކޮށްފައެވެ.

މިފަހަރުގެ މުބާރާތަށް ލަންދޫޓީމު ކުރިމަތިލާއިރު މިވަގުތު ސަމައްޓޭ ފޯމެއްގައި ހުރުމަކީ ލަންދޫޓީމަށް ލިބިގެންދާ ބޮޑު ހިތްހަމަ ޖެހުމެއްކަން ޔަޤީނެވެ.

ހުސެއިން ޖަވާދު (ކެޕްޓަން ޖަވާ)

ކެޕްޓަން ޖަވާ ފާހަގަ ކުރެވިފައިވަނީ ދަނޑުމަތީގައި ކެޕްޓަނެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގޯލުޖެހުމަށް މަސައްކަތްކުރާ ހިތްވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. މިފަހަކަށް އައިސް ލަންދޫޓީމު ކުޅުނު ބައެއް މުބާރާތްތަކުގައި ޖަވާގެ ފޯމު ކަޓާފައިހުރިނަމަވެސް މިފަހަރުގެ މުބާރާތަށް ލަންދޫޓީމު ނުކުންނަ އިރު ޓީމުގައި ހިމެނޭ ހުރިހާކުޅުންތެރިނަނަށް ބަލާއިރު އެންމެ ރަނގަޅު ފޯމެއްގައި ހުރީ ކެޕްޓަން ޖަވާއެވެ.

2007 ވަނަ އަހަރު ލަންދޫގެ ސީނިއަރ ފުޓްބޯޅަ ޓީމަށް ފުރަތަމަ މެޗެއް ކުޅެދީ 24 ނޮވެމްބަރ 2007 ވަނަ ދުވަހު މަނަދޫއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ލަންދޫޓީމަށް ގޯލެއް ކާމިޔާބުކޮށްދިން ޖަވާ އޭނާގެ ކެރިއާރގައި ލަންދޫގެ ޓީމަށް ކާމިޔާބުކޮށްދިން 65 ވަނަ ގޯލުވަނީ ކުޑަފަރިޓީމާއި ދެކޮޅަށް މިއަހަރު ކުޅުނު މެޗުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައެވެ. ޖަވާއަކީ 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލަންދޫޓީމަށް އެންމެގިނަ ގޯލު ކާމިޔާބުކޮށްދިން ދެވަނަ ކުޅުންތެރިޔާއެވެ.

ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ)

މިފަހަރުގެ ލަންދޫޓީމުގައި އެންމެ ސީނިއަރ އެންމެ ތަޖުރިބާ ކާރު ކުޅުންތެރިއެއްގެ ގޮތުގައި ހިމެނޭ ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) އަކީ 2006 ވަނަ އަހަރުން ފެށިގެން ލަންދޫޓީމަށް އެންމެ ގިނައިން ގޯލުޖަހައިދިން 3 ވަނަ ކުޅުންތެރިޔާއަށް ވީނަމަވެސް ލަންދޫގެ ފުޓްބޯޅައިގެ ތާރީޙުގައި އެންމެ ނަންމަޝްޙޫރު އެންމެ މޮޅު ކުޅުންތެރިޔާކަން ޔަޤީނެވެ.

ލަންދޫއިންފޯއިން ހޮވާ އެންމެ މޮޅުކުޅުންތެރިޔާގެ ފަޙްރުވެރި އެވޯޑުއެންމެފަހުން ހާސިލްކުރި ޔޫއްޓޭ ފަރާތުން 2014 ވަނަ އަހަރުގެ ފަހުން ގޯލެއް ނުފެނުނުކަމުގައި ވިޔަސް އޭނާގެ ކެރިއާގައި 2006 ން ފެށިގެން މިއަދާއި ހިސާބަށް ލަންދޫގެ ފުޓްބޯޅަ ޓީމަށްވަނީ 51 ގޯލުކާމިޔާބުކޮށްދީ ހާފު ސެންޗަރީއެއް ހަދާފައެވެ.

މިފަހަރުގެ މުބާރާތަށް ލަންދޫޓީމު ކުރިމަތިލާއިރު މި ކުޅުންތެރިންގެ ފަރާތުން އިތުރު ގޯލުތަކެއްފެނި ލަންދޫޓީމަށް ބޮޑަތި ކާމިޔާބީތަކެއް ލިބިގެންދާނެކަމަށް ލަންދޫގެ ރައްޔިތުން އުންމީދުކުރެއެވެ.

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz