ޓީމު ލަންދޫގެ ޕްރެކްޓިސް ފަހު މެޗް ، ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ ފުޓްބޯޅަ ޓީމާއިއެކު

މިމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމު ލަންދޫގެ ޕްރެކްޓިސް އެންމެ ފަހުމެޗުގައި ބައްދަލުކުރަނީ ވޭތިވެދިޔަ ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ ފުޓްބޯޅަ ޓީމާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައެވެ.

މިދެޓީމުވެސް ވަނީ މުބާރާތަށް ތައްޔަރުވުމުގެ ގޮތުން މިހާތަނަށް ޕްރެކްޓިސް ދެ މެޗްކުޅެފައެވެ. ހޮޅުދޫ ފުޓްބޯޅަ ޓީމުން ކުޅުން ޕްރެކްޓިސް ދެމެޗުވެސް ވަނީ މޮޅުވެފައެވެ. އެއީ މަގޫދޫ ފުޓްބޯޅަ ޓީމުއަތުން 6-0 ލަނޑުންނާއި ޅޮހީ ފުޓްބޯޅަ ޓީމު އަތުން 3-0 ލަނޑުންނެވެ. ޓީމު ލަންދޫ އިންވަނީ ކެނދިކުޅުދޫ އަތުން 3-2 ލަނޑުން މޮޅުވެ މާފަރު ފުޓްބޯޅަ ޓީމާއި 3-3 އެއްވަރުވެފައެވެ.

މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 20 ގައެވެ. އެމެޗަކީވެސް މިދިޔަ އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅެވުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެކެވެ. މިމެޗް ކުޅެފައިވަނީ ހޮޅުދޫ ފުޓްބޯޅަ ދަނޑުގައެވެ. މިމެޗް ނިމުނީ 3-2 ލަނޑުން ޓީމު ލަންދޫ މޮޅުވެގެންނެވެ.

މިދެޓީމަކީ މިފަހަރުގެ މުބާރާތަށް އެންމެ ކުރިން ޕްރެކްޓިސް ފަށާއި މުބާރާތަށް ތައްޔާރުވަމުން އަންނަ ދެޓީމެވެ.

މާދަމާގެ މެޗާއި ބެހޭގޮތުން ހޮޅުދޫ ފުޓްބޯޅަ ޓީމުގެ މެނޭޖަރ ޓެރީ ވިދާޅުވީ މާދަމާގެ މެޗަށް ނުކުންނައިރު ޓީމުގައި މުހިއްމު ބައެއް ކުޅުންތެރިން އެންޖަރީގައި އެބަތިބި ކަމަށާއި މުހިއްމު ދެކުޅުންތެރިން އަދި ޓީމާއި ނުގުޅޭ ކަމަށާއި މަދާމާގެ މެޗުގައި ދެޓީމުގެ ފަރާތުން ރީތި ކުޅުމެއް ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ޓީމު ލަންދޫގެ މެނޭޖަރ ޝިނާން މެޗާއި ބެހޭގޮތުން ވިދާޅުވީ ޕްރެކްޓިސް ފަހު މެޗެއްގެ ގޮތުގައި ވޭތިވެ ދިޔަ އަހަރުގެ ޗެމްޕިއަން ހޮޅުދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅެލުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށާއި މާދަމާގެ މެޗުގައި ރީތި ގޭމެއް ދެޓީމުގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ލިޔުނީ: ފަޒީލް ޙަސަން

ފަޒީލް ޙަސަން ( ފައްޖޭ ) އަކީ ލަންދޫ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ ގެ މަސްޢޫލިއްޔަތުތަކާއި، ލަންދޫ ފުޓްބޯޅަޓީމްގެ މީޑިއަރ އޮފިސަރކަން އަދާކުރައްވަމުން ގެންދަވާ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ހީވާގި ޒުވާނެކެވެ. ޚާއްޞަގޮތެއްގައި ފައްޖެގެ ލިޔުންތައް ލަންދޫއިންފޯއިން ފެނިގެންދާނީ ލަންދޫކައުންސިލް އިދާރާ އާއި ގުޅުންހުރި ލިޔުންތަކާއި، ލަންފޫ ފުޓްބޯޅަ ޓީމާއި ގުޅުންހުރި ލިޔުންތަކެވެ. ޢާއްމު ގޮތެއްގައި ހުރިހާ ދާއިރާ އަކުންވެސް ފައްޖެގެ ލިޔުންތައް ފެންނާނެއެވެ.

މިލިޔުންވެސް ކިޔާލާ

“ޓީމް ލަންދޫ” ފުޓްބޯޅަ ޓީމްގެ ޕިކްނިކްދަތުރެއް ކޮށްފި.

ނ.ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމް “ޓީމް ލަންދޫ” ގެ ޕިކްނިކް ދަތުރެއް ކޮށްފިއެވެ. މިދަތުރު އިއްޔެ ކޮށްފައިވަނީ ނ.ދިގުރަށަށެވެ. މިއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz