މަރުގެ ގްރޫޕްގެ ގޮތުގައި ގްރޫޕް – 1

ނ.އަތޮޅުގެ ތާރީޙްގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕްފުޓްބޯޅަ މުބާރާތުގެ ، މިއަހަރުގެ މުބާރާތުގެ ގުރުއަތުލުންރޭ ބޭއްވިފައިވާއިރު އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައިނުވަތަ ގްރޫޕް އޮފް ޑެތުގެ ގޮތުގައި އެންމެ ގިނަބަޔަކު ފާހަގަ ކުރަނީ ގްރޫޕް 1 އެވެ.

ކުލަގަދަ ރަސްމިއްޔާތަކަކާއި އެކު މާލޭގައި ބޭއްވުނު މިފަހަރުގެ ގުރުއަތުލުމުން ޓީމުތައް ގްރޫޕްތަކަށް ބެހިގެން ދިޔައިރު އަތޮޅުގެ ނިސްބަތުން ފުޓްބޯޅައިގެ ބޮޑަތި ބާރުންގެ ގޮތުގައި ބެލެވޭ މިލަދޫ ،މާފަރު ، ކެނދިކޮޅު އަދި ލަންދޫ ހިމެނިފައިވަނީ ގްރޫޕް 1 އެވެ. މިގްރޫޕުގައި މި ހިމެނޭ ކޮންމެ ޓީމަކީވެސް ވަރަށް ވާދަވެރި އަދި އެއްޓީމު އަނެއް ޓީމަށް ދޫނުކުރާފަދަ ވަރުގަދަ ޓީމުތަކެކެވެ. މިފަހަރުގެ މުބާރާތަށް އަމާޒުކޮށް ދުރާލާ ޕްރެކްޓިސްފަށާ ފުރިހަމައަށް ތައްޔާރުވަމުން އަންނަ ޓީމުތަކެކެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސަން އޮންލައިން

އަންނަމަހުގެ 15 ގައި ނ.މާޅެންދޫގައި ފެށުމަށް ހަމަ ޖެހިފައިވާ މިއަހަރުގެ މުބާރާތްވެސް 3 ގްރޫޕަކަށްބަހާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އެންމެފަހުން ބޭއްވުނު ދެ މުބާރާތް ކާމިޔާބުކޮށް ތަށި މިލުކުކުރަން ނުކުންނަ ހޮޅުދޫޓީމު ހިމެނިފައިވަނީ އެޓީމުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ވެލިދޫ އާއިއެކު ގްރޫޕް – 3 ގައެވެ. މި ގްރޫޕްގައި ހިމެނޭ އަނެއް ދެޓީމަކީ މިފަހަކަށް އައިސް ނ.އަތޮޅުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ މާޅެންދޫގެ އިތުރުން ޅޮއްސެވެ.

މިފަހަރުގެ މުބާރާތަށް ޓީމުތައް ގްރޫޕްތަކަށް ބެހިގެންދިޔައިރު އެންމެ އާދައިގެ ގްރޫޕެއްގެ ގޮތުގައި އެންމެ ގިނަ ބަޔަކު ފާހަގަކުރަނީ ގްރޫޕް- 2 އެވެ. މިގްރޫޕްގައި ހިމެނޭ ޓީމުތަކަކީ މަގޫދޫ ، މަނަދޫ ، ހެނބަދޫ އަދި ކުޑަފަރިއެވެ.

ޗެމްޕިއަންޓީމަށް ފަސްލައްކަ ރުފިޔާގެ އަގުހުރި ފައިސާގެ އިނާމެއް ހުށައެޅިފައިވާ މިމުބާރާތް ހުޅުވައި ދިނުމުގެ ގޮތުން ފުރަތަމަމެޗުގައި ބައްދަލު ކުރާނީ ގްރޫޕް 1 ގެ ދެޓީމު ކަމަށްވާ ކެނދިކުޅުދޫ އާއި ލަންދޫއެވެ. މީގެ ތެރެއިން ކެނދިކުޅުދޫއަކީ އެންމެފަހުގެ ރަނަރަޕް ޓީމުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މަހުގެ 15 އިން އަންނަ ޑިސެމްބަރ މަހުގެ 13 އާއި ހިސާބަށް ނ.މާޅެންދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ  މި މުބާރާތް ރޭވިފައިވަނީ ތިންގުރޫޕްވަކިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާއިރު ، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވެސް ކުއާޓާގެ ފުރުސަތެއް ލިބިގެންދާނެ ގޮތަށެވެ.

މިއަހަރުގެ ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓަރުންގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގެ ލަނޑު ޖެހުންތެރިން

މިމަހުގެ 15 ވަނަ ދުވަހު ނ.މާޅެންދޫގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ލަންދޫ ޓީމުވެގެންދާނީ މިވަގުތު …

ޚިޔާލެއްދެއްވާ

avatar
wpDiscuz