މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ އަށް ލަންދޫ ސުކޫލުން ޕްރެކްޓިސް ފަށައިފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަހްމަދު އިރުފާނުގެ ކޯޗްކަމުގެ ދަށުން މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ  އަށް ލަންދޫ ސުކޫލުން ޕްރެކްޓިސް ފަށައިފިއެވެ. ކޯޗް އަހުމަދު އިރުފާނުގެ އިތުރުން ޓީމު ލަންދޫ މެނޭޖުމެންޓުގެ މެމްބަރުން ވަނީ ޕްރެކްޓިސް ކުރިއަށްގެންގޮސް ދިނުމަށް އެހީތެރިވެފައެވެ. ޕްރެކްޓިސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބަންދު 2 ދުވަހެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ނ.އަތޮޅަށް އަމާޒުކޮށްގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ، މިހާކުރިން ޕްރެކްޓިސް މިފެށީ ރަގަޅު ފެންވަރެއްގެ ކޯޗެއްގެ އިރުޝާދު ތުއްތު ކުދިންނަށް ހޯދައިދީ ،ދުރާލާ ކުދިން ތައްޔާރުކޮށް މިދިޔަ އަހަރު ހޯދި ކާމިޔާބު ދެމެހެއްޓުމަށް ކަމަށް ލަންދޫ ސުކޫލުގެ ސްޕޯޓްސް އިންޗާޖު އަހުމަދު ނަދީމް ޕްރެކްޓިސް ބޭއްވުމާއި ބެހޭގޮތުން ލަންދޫ ކައުންސިލުގައި ބޭއްވުނު މީޓިންގައި ހާމަކުރެއްވިއެވެ. އަހުމަދު ނަދީމު ވަނީ މިފަދަ ފުރުސަތެއް ލަންދޫ ކައުންސިލުގެ ފަރާތުން ލަންދޫ ސުކޫލަށް ހޯދައިދިން ކަމަށްޓަކައި ލަންދޫ ކައުންސިލަށާއި ޓީމު ލަންދޫގެ މެނޭޖުމެންޓަށް ޝުކުރު އަދާކޮށްފައެވެ.

ލަންދޫ ސުކޫލުން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ޕްރީ ސުކޫލުގެ ބައިން ޗެމްޕިއަންކަން ހޯދާފައެވެ.

ނ.އަތޮޅަށް އަމާޒުކޮށްގެން ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މިދިޔަ އަހަރު ބޭއްވި  މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ އަށް ވަނީ ވަރަށް ގިނަ ސުކޫލުތަކުން އެއްބާރުލުން ލިބިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިކުރެވެނީ ސްކޫލަކުން ދެ ޓިމެވެ. އެއީ ޕްރީސްކޫލް ކެޓަގަރީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ހިމެނޭ 18 ދަރިވަރުންގެ 1 ޓީމާއި، ގްރޭޑް 1 އަދި 2 ގެ ދަރިވަރުން ހިމެނޭގޮތަށް 18 ދަރިވަރުންގެ 1 ޓީމެވެ. މިޓީމްތަކުގައި ދެޖިންސްގެ ދަރިވަރުން ހިމޭނެއެވެ.

މިފެސްޓިވަލްގައި ބައިވެރިވާ ދަރިވަރުންނަށް ޖާޒީ، ސޯޓް އަދި ސްޓާކީން އެ ވެޓްރަންސް އެސޯސިއޭޝަނުން  މިދިޔައަހަރުވެސް ވަނީ ފޯރު ކޮށްދީފައެވެ. މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން އަދި ރަނަރަފް ޓީމަށް ޓްރޮފީ އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާ ކޮންމެ ކުއްޖަކަށް މެޑަލްއެއް ލިބޭއެވެ.

 

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ޓީމެއްގެ ގޮތުގައި ކުޅެ ލަންދޫޓީމުގެ ފެށުން ރަނގަޅުކޮށްފި

.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ފުޓްބޯޅަމުބާރާތުގެ މިއަހަރުގެ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz