2017 ވަނައަހަރު ގެ ބެސްޓް 9 ފޮޓޯ އިންސްޓާގްރާމް އިން ބަލާލަން ބޭނުންތަ؟

އިންސްޓަގްރާމަށް ފޮޓޯ ލުމަކީ މީސް މީޑިއާގައި ޙަރަކާތްތެރިވާ ޒުވާނުންގެ ވަރަށް ބޮޑު އާދައެކެވެ. ވަކިން ޚާއްޞަކޮށް ޒުވާން އަންހެން ކުދިންގެ އެންމެ ބޮޑު މަޤްޞަދަކަށް ވެފައި އޮންނަނީ އިންސްޓާގްރާމްގެ ފޮލޮވަރސް އިތުރުކުރުމާއެކު ޕޯސްޓްކުރާ ފޮޓޯތަކަށް ގިނަ ލައިކް ހޯދުމެވެ.

އެހެންކަމުން 2017 ވަނައަހަރު ނިމުނު އިރު އެންމެ ގިނަ ލައިކް ލިބުނީ ކޮން ފޮޓޯތަކަކަށް ތޯ ބަލާލުމަށް ވަރަށް ގިނަކުދިން މިހާރު ތިބޭނީ ބޭނުންވެފައެވެ. އެކަން ވަރަށް ފަސޭހައިން ބެލޭނެ ގޮތެއް މިހާރުމިވަނީ ފަހިވެފައެވެ.

2017bestnine.com އަކީ މިކަމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. މި ސައިޓަށް ވަނުމަށްފަހު ސަރޗް ގޮޅީގައި ތިބާގެ އިންސްޓާގްރާމް އެކައުންޓް ގެ ނަން ޖަހާލުމަށްފަހު ސަރޗް ކޮށްލާށެވެ. އިރުކޮޅަކުން ނަތީޖާ ލިބޭނެއެވެ.

އަދި ތިބާގެ އަމިއްލަ އެކައުންޓް ނޫނަސް ރައްޓެއްސެއްގެ އެކައުންޓް ވިޔަސް ނުވަތަ މަޝްހޫރު އެހެންމީހެއްގެ ބެސްޓް 9 ފޮޓޯ ބަލާލަން ބޭނުންވިޔަސް އެގޮޅީގައި އެ އެކައުންޓެއް ޖަހާލާށެވެ. އޭރުން ނަތީޖާ ލިބިދާނެއެވެ. އަވަހަށް ޗެކް ކޮށްލާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
އިންސްޓަގްރާމް
އިންސްޓަގްރާމް

އަޅޭ ވަރަށް މުހިންމުކަމެއް މިއެނގުނީ. ތޭންކްސް ލަންދޫއިންފޯ

wpDiscuz