ދެރުފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފި.

އަލަށް ނެރުނު ފައިސާ ފޮތީގެ 2 ރުފިޔާގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން 05 ޑިސެންބަރު ގައި ރާއްޖެ ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާކަމަށެވެ.

2 ރުފިޔާގެ އައު ފައިސާ ފޮތި ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ދެރުފިޔާގެ ލުއި ފައިސާފޮތީގައި ދެމައުދަނެއްވަނީ ބޭނުންކޮށްފައެވެ. އެގޮތުން ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބުރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ.

ކުރީގެ ދެރުފިޔާގެ ފައިސާ ފޮއްޗާއި ތަފާތުކޮށް އުފައްދާފައިވާ 2 ރުފިޔާގެ އައު ފައިސާ ފޮއްޗަކީ ބަރުދަނުގެ ގޮތުން ލުއި އެއްޗެކެވެ. އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ދެރުފިޔާގެ ފައިސާ ފޮއްޗާއި ކުރީގެ ފައިސާ ފޮތިވެސް ސަރކިއުލޭޝަންގައި ދައުރުކުރަމުން ގެންދާނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަމާލުވޭ! މިމަހުގެ 31 ގެފަހުން 5 ރުފިޔާގެ ކަރުދާސް ނޫޓް އުވާލަނީ.

މިހާރު ބޭނުންކުރަމުންއަންނަ 5 ރުފިޔާގެ ކަރުދާސްނޫޓް 31 ޑިސެމްބަރ 2017 ގެ ފަހުން ވިޔަފާރީގެ ބޭނުންތަކަށް ބޭނުން ނުކުރެވޭނެކަމަށް އެމްއެމް …

ޚިޔާލެއްދެއްވާ

avatar