ﷲގެ މަގުގައި ހޭދަކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފި.

މުދަލަކީ އެއްވެސް ޙާލަތެއްގައި ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫންކަމަށާއި، އެގޮތުން މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތްދެއްކުމާއެކު، ﷲ ގެ މަގުގައި ހޭދަކުރަން ޖެހޭކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ޚުތުބާގައި ވިދާޅުވިއެވެ.

މުދަލުޒަކާތް ދެއްކުމާމެދު ފަރުވާކުޑަނުކޮށް، ދީނީ މި ވާޖިބު އޭގެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ހަނދުމަކޮށްދެއްވައި ޚުތުބާގައި ގޮވާލެއްވީޒަކާތްދިނުމާއި، ޞަދަޤާތްދިނުމުގެ  ދުނިޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުކުރުމާއި، ބަލިތަކަށް ޝިފާލިބުން ލައްވާފައިވާކަން ކީރިތި ރަސޫލާ މުޙައްމަދު ސައްލަ ﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވައި މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އިއްވެވި ޚުތުބާގައި ވިދާޅުވެފައިވާނީ، ޒަކާތްދިނުމާއި ސަދަޤާތް ދިނުމުގެ ދުނިޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުވުމާއި، ބަލިތަކަށް ޝިފާ ލިބުންވެސް ލައްވާފައިވާކަމަށެވެ.

މިއަދުގެ ޚުތުބާގައި މިސްކިތަކީ، ބިންމަތީގައިވާ އެންމެ މުޤައްދަސް ތަންކަމަށާއި، ކީރިތި ރަސޫލު މުޙައްމަދު ޞައްލަ ﷲ އަލައިހިވަސައްލަމް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެންމެ ފުރަތަމަވެސް ބިނާކުރެއްވީ، މިސްކިތެއްކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އިސްލާމީ މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމަށް އެހީތެރިވާން ކެހޭކަމުގައި ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ ބަޔަކުވެސް އަމިއްލަ ގެތަކާއި، ޢިމާރާތްތައް ޒީނަތްތެރިކަމާއެކު ބިނާކުރަމުންދާ ފަދައިން މާތް ﷲ ގެ ގެކޮޅުތައްވެސް ޒީނަތްތެރިކުރަން އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާއިރު، މާތް ﷲ އަށް އަޅުކަންކޮށް ނަމާދުކުރުމައްޓަކައި މިސްކިތައް ޙާޟިރުވާ މީހުންނަށް ފަސޭހާވާނެގޮތަށް މިސްކިތްތައް ބިނާކުރަން ޖެހޭކަންވެސް މިއަދުގެ ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މިސްކިތްތައް ބިނާ ކުރުމާއި، މިސްކިތްތަކަށް ހޭދަކުރުމަކީ، އެންމެ މަތިވެރި ހޭދަކަން ކީރިތި ޤުރުއާނާއި ރަސޫލު ﷲ ގެ ފާނުގެ ހަދީސްތަކުންވެސް އެނގި ޞާބިތުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz