ޤާސިމްގެ ބިރު ފިލައިފި.

އަދީބު ، ޤާސިމް އަދި އުއްޗުގެ ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޓްވިޓަރ
އަދީބު ، ޤާސިމް އަދި އުއްޗުގެ ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ޓްވިޓަރ

ޖުމުހޫރީ ޕާޓީގެ ލީޑަރު އޮނަރބުލް ޤާސިމް އިބްރާހިމްގެ ސިޔާސީ ކުރިމަގަށް އޮތް އެނެމެބޮޑު ބިރު ފިލައިފިކަމަށް މީޑިއާރިޕޯޓްތަކުން ހާމަވާން ފަށައިފިއެވެ.
މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ ( އުއްޗު ) އާއި ޕީޕީއެމްގެ ނައިބް ލީޑަރ އަލްފާޟިލް އަޙްމަދު އަދީބު އާއި އެކު ޤާސިމް ރޭ ބައްދަލުކުރެއްވުމަށްފަހު ޕީޕީއެމް ގެ ޕާލަމަންޓްރީ ގްރޫޕުން މަޖްލިސް އަށް ހުށަހަޅާފައިވާ އިސްލާޙް އަނބުރާ ގެންދަން އެއްބަސްވެފައިވާކަމަށް ސަން މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެނައުމަށް އަދީބު އަރިހުގައި ގާސިމް އެދިވަޑައިގެންނެވި ކަމަށްވެސް ސަން ގައިވެއެވެ. އަދި އެކަމާ އަދީބު އެއްބަސްވެވަޑައިގެން، އެ ބިލް މަޖިލީހުން ނެގުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ގާސިމްގެ އަރިހުގައި ވިދާޅުވި ކަމަށްވެސް ސަން އެބަ ބުނެއެވެ.
މިކަމަކީ ޤާސިމްގެ ސިޔާސީ ކެރިއަރގައި ކުރިމަތިވި އެންމެ ބޮޑު ހުރަސްކަމަށްބަލައި ޤާސިމްވަނީ އެމަނިކުފާނުގެ ކުރީގެ ސިޔާސީ އެންމެ ބޮޑު ދުޝްމަނު މުޙައްމަދު ނަޝީދު ( ކުރީގެ ރައީސް ) އާއި، ވަރަށްބޮޑަށް ރަހްމަތްތެރިވެ ވަޑައިގެންފައެވެ. އަދި އެދެބޭފުޅުން އެކުގައި މަސައްކަތްކުރައްވާ އެ އިސްލާހް މަޖިލީހަށް ވެއްދިޔަނުދިނުމަށް ކުރެވުމުންދާ މަސައްކަތުގެ ތެރެއިން “ޤާނޫނު އަސާސީގެ ދިފާޢުގައިދިވެހިން ” ކަމަށްބުނެ ޖޭޕީ – އެމްޑީޕީ އެކުވެގެން ސިލްސިލާ މުޒާހަރާތަކެއްވެސް ވަނީ ފަށާފައެވެ.
މުޒާހަރާތަކުގެ މާބޮޑު އެފެކްޓެއް އަންނަކަމަށް ދެޕާޓީއަށްވެސް ޤަބޫލު ނުކުރެވިގެން 27 ފެބުރުއަރީގައި ވަނީ ރާއްޖޭގެ އަތޮޅުތަކުން މީހުންއެއްކޮށްގެން ބޮޑުމުޒާހަރާއެއްވެސް މާލޭގައި އިންތިޒާމް ކޮށްފައެވެ. އެ ކަމުންވެސް މާބޮޑު އަލިމަގެއް ޤާސިމްއަށް ފެނިވަޑައިނުގަތުމުން އެންމެ ފަހުން އެމަނިކުފާނު އެނިންމެވި ނިންމެވުން ވެގެން މިދިޔައީ އެމަނިކުފާނަށް ކުރިމަތި ސިޔާސީ އެންމެ ބޮޑު ހުރަސް ނައްތާލެވިދާނެ ކަމުގެ އެންމެ ބޮޑު ގެރެންޓީއެއް ލިބިގެން ދިޔަ ބައްދަލުވުމަށެވެ.
ބައްދަލުވުމަށްފަހު އަދީބު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވެސް ޤާސިމްއަށް އުންމީދު އާލާވެގެން ދާފަދަ ހިތްހަމަ ޖެހޭ ވާހަކަކޮޅެކެވެ. އަދީބު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާއި އުއްޗުއާއެކު ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާއި އެއްބަސްވި ކަންތައްތައް ހާމަކުރެވެން ނެތް ކަމަށެވެ.
ކޮންމެއަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢިލް ހުށަހެޅުއްވި މިއިސްލާހް ވެގެން މިދިޔައީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެފައި ހުންނެވި ޤާސިމް އިބްރާހިމްގެ ސިޔާސީ ދަތުރުގެ މިސްރާބު ބަދަލުކޮށްލި އެންމެ ވަރުގަދަ ކޮޅިގަނޑަށެވެ. މިއިސްލާހްގެ ސަބަބުން ނުވަތަ މިއިސްލާހް ފާސްވެއްޖެނަމަ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވެސް ވެރިކަމަކަށް ވަޑައިނުގެންނެވޭނެ އެވެ. ގާސިމަށް މިއަހަރު 65 އަހަރު ފުރިއްޖެ އެވެ. ރައީސް މައުމޫނަށް މިއަހަރު 78 އަހަރު ފުރޭނެ އެވެ.
ޤާސިމްގެ ބިރު ފިލާފައިވާކަމަށް މީޑިއާރިޕޯޓްތަކުން ދޭހަވަމުންދިއުމާއި، އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙް ދިރާސާ ކުރާ ބައެއް ފަރާތްތަކުންވެސް ޤަބޫލު ކުރައްވާގޮތުން އަދީބު އާއި ޤާސިމް އަދި އުއްޗުގެ ބައްދަލުވުމުގައި އެ އިސްލާޙް އަނބުރާ މަޖްލީހުން ނަގާނެކަމަށް އަދީބު ވިދާޅުވިނަމަ އޭނާ އެކަން ކުރައްވާނެއެވެ. އެހެންވެއްޖެނަމަ ޤާސިމް ގެ ބިރު ފިލައިދިޔައީ ތާއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބޭސްފަރުވާއަށް ދިން މުހުލަތު ހަމަވުމުން ޤާސިމް ރާއްޖެގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި.

ބޭސްފަރުވާއަށް ދިން މުހުލަތު ހަމަވުމުން ޤާސިމް ރާއްޖެގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުނ މި މަސައްކަތް ފަށާފައިވަނީ ރާއްޖެއިން ބޭރުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz