ޤާނޫނުގެ ކުރިމަތީގައި ހުރިހާ މީހުންވެސް ހަމަހަމަވާނެ – ޑރ.ޖަމީލް

ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ހަމަހަމަ މީހެއް ކަމަށާއި، ގާނޫނާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި، ކުރާ ކުށްތައް ބެލުމުގައި ދިވެހި ދައުލަތުން ފަހަށް ނުޖެހޭނޭ ކަމުގައި ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލެވިފައިވަނީ ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތު ގާއިމްކޮށް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ފޯރުކޮށް ދިނުމަށްކަމަށެވެ. ގާނޫނާއި ހިލާފް އަމަލު ކުރުމާއި، ގާނޫނާއި ހިލާފް އޯޑަރުކުރުމަކީވެސް ގާނޫނު އަސާސީން ތަންނުދޭ ކަމަކަށްވާއިރު އެފަދަ ކުއްތަކަށް އަރައިގަނެފައިވާ ކޮންމެ މީހަކާއި ދޭތެެރޭގައި ގާނޫނީ ފިޔަވަޅު އެޅުމަކީ ގާނޫނު ނެގެހެއްޓުމަށްޓަކައިވެސް ކޮންމެހެން ކުރަންޖެހޭ ކަމެެއްކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކުވިޔަސް އަދި އާންމުރައްޔިތެއް ކަމުގައިވިޔަސް ކުށެއް ކޮށްފިކަމުގައިވާނަމަ އެކަމަށް ގާނޫނީ ހައްގު އަދަބު ދެވެންޖެހޭނޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިގަމުންދާ ކަންތައްތަކަށް އަލި އަޅުއްވާލައްވަމުން ހޯމް މިނިސްޓަރ ޑރ.ޖަމީލް ވިދާޅުވީ ސިޔާސީ ވަކި ޖަމާއަތަކުން ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ނަގާލައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަންތައްތަކެއްކަމަށެވެ. އަދި މިހިންގަމުންދާ ހަމަނުޖެހުންތަކުގައި ގައުމުގެ ފުލުހުންނަށާއި، ފުލުހުންގެ ތަކެއްޗަށް ދެމުންދާ ހަމަލާތަކާއި ގެއްލުންތަކަކީ ސަރުކާރުން ތަހައްމަލް ކުރާނޭ ކަންތައްތަކެއް ނޫންކަމަށާއި، އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާއިމެދު އަވަސް ގޮތެއްގައިގާނޫނީ ފިޔަވަޅު އެޅޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ދަންނަވާފައިވާނޭ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz