ޤައުމު ހަމަ މަގަށް އެޅުވޭނީ އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރެވިގެންނެވެ.

ސިޔާސީ ގޮތުން ޤައުމު ބައިބައިވެ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް އަޅުގަނޑުމެންގެ މި ދިވެހިރައްޔިތުން ގޮސްފައިމިވާ ދަނޑިވަޅުގައި ހަމަ ކޮންމެ ދިވެހިރައްޔިތަކުވެސް ވިސްނާލަން ޖެހޭ ކަމެއް އޮތްކަމުގައި އަޅުގަނޑުދެކެމެވެ. އެހެނީ މިކަމާ މެދު އެންމެން ވިސްނާ ފިކުރުކޮށް ޤައުމު ހަމަ މަގަށް ނޭޅުވި ލަންވެގެން ދާކަމުގައިވާނަމަ ފޫނުބެއްދޭވަރުގެ ބޮޑުގެލުމެއް އަޅުގަނޑުމެންނަށް ލިބިގެން ހިނގައިދާނެެއެވެ.

މިއަދު މިޤައުމުގެ ސިޔާސީ މަޝްރަޙުން މިފެންނަނީ އެއްބަޔަކު އަނެއްބަޔަކަށް އިގިލިދިއްކުރާ މަންޒަރެވެ. ސަރުކާރުން ޖުޑީޝަރީއަށެވެ. ޖުޑީޝަރީން ސަރުކާރަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ތުހުމުމަތު ކުރަނީ ކޮރަޕްޝަނުގެ ޢަމަލުތަކަށެވެ. ސަރުކާރުން ބުނަނީ ޖޫޑީޝަރީން ނިންމާ ނިމުންތަކަކީ ވައަތަކަށް ބުރަވެ ތިބެ ސަރުކާރުވައްޓާލުމުގެ ބޭނުމުގައި ނިންމާނިންމުން ތަކެއް ކަމުގައެވެ. އެގޮތުން އެންމެ ބޮޑަށް ސަރުކާރުން ތުހުމަތު ކުރަނީ ކްރިމިނަލް ކޯޓްގެ އިސްޤާޟީ ޢަބުދުﷲ މުޙައްމަދު ގެ މައްޗަށެވެ. އެނޫނަސް ސްޕްރީމް ކޯޓާއި، ހައިކޯޓާއި، އަދި މުޅި އަދުލް އިންޞާފްގެ ނިޒާމަށްވެސް ސަރުކާރުން ދަނީ މިތުހުމަތު ތައް ކުރަމުންނެވެ.

އަނެއްކޮޅުން ޖޫޑީޝަރީން ( ކޯޓުތަކުން ) ބުނަނީ ސަރުކާރުން ނިންމާ ނިންމުން ތަކަކީ ކޮންމެ ކަމެއްގައިމެ ސިޔާސީ ބޭނުންތަކެއް އޮވެ ކޮންމެ ފަދަ ޤުރުބާނީއެއްވެގެން ނަމަވެސް ސަރުކާރު ދެމެހެެއްޓޭތޯ ބެލުމަށް ނިންމާ ނިންމުންތަކެވެ. ގިނަދުވަސްތަކެއްވަންދެން ވެރިކަމުގައި ވަކިހިއްޕާލައިގެން ތިބުމަށް ކުރާ މަސައްކަތްތަކެވެ. އަދި އޭގެއިތުރުން ސަރުކާރުހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް އެކިގޮތްގޮތުން މާލީ ނަފާހޯދައިދިނުމަށް ހިންގާ ކަރަޕްޝަނުގެ ޢަމަލުތަކެވެ.

ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީއެއްގައި އެއްބާރުން އަނެއްބާރަށް އިތުބާރު ނުކުރެވޭނަމަ ޤައުމުގެ ހާލަތު ދާނީ ދުވަހެއްދުވަހަކަށް ދަށަށެވެ. އިޖްތިމާޢީ މައްސަލަތަކާއި، ސިޔާސީ ބައިބައިވުންތައް ހައްލުން ނުުރެވޭ މިންވަރަށް އެކަންކަން އިތުރުވެގެން ހިގައިދާނެއެވެ. އަޅުގަނޑުމެން މިދިވެހިރާއްޖެ މިއަދުމިދެކެނީ މިދެންނެވި ކަންތައްތަކެވެ.

ކަންމިހެން ހުރުމާއެކު، ދެފަރާތުން އެއްފަރާތުން އަނެއްފަރާތަށް މިކުރެވޭ ތުހުމަތުތަކާމެދު އަޅުގަނޑުމެން އަމިއްލަ ފަރުދުންގެ ފެންވަރުގައި ވެސް މިހާރު ވިސްނާ ފިރުކުރުކޮށް ގޮތެއް ނިންމަންއެބަޖެހެއެވެ. 2013 ގެ ވޯޓަށް ތައްޔާރުވުމަށްޓަކައިވެސް މިކަމާ ފިކުރުކުރަން އެބަޖެހެއެވެ. އެހެންނޫނަސް މިވެއްޓަކީ އެންމެންނަށް އަމާން އޮމާން ވެއްޓެއްގެ ގޮތުގައި ޤާއިމްވެ އޮތުމަށްވެސް މިކަމަކީ މިހާރު ހައްލުކުރެވޭތޯ ބަލަން ވެއްޖެކަމެކެވެ.

ބޮޑަތި ކުށްތަކުގައި ބަންދުކުރެވޭ މީސްމީހުން ކުށްސާބިތު ނުވާކަމަށްބުނެ ކޯޓުތަކުން ދޫކޮށްލާ އިރު ފުލުހުންނަކީވެސް މައްސަލަތައް ތަޙްޤީޤުކޮށް ސާބިތުކުރެވޭ މިންވަރަށް ހެކިދައްކަން އެނގިލައްވާ ފަދަ ބޭފުޅުންނޫންތޯއެވެ. ވީޑިއޯ އާއި، އޯޑިއޯގެ އެހީގައި އަދި ސީސީކެމެރާ ތަކުގެ ފޯޓޭޖްތައްވެސް އެބޭފުޅުން ހުށަހެޅުމަށްފަހު ވެސް މައްސަލަތައް ސާބިތު ނުކުރެވޭ ކަމީވެސް މިއަދު ސުވާލުއުފެދޭކަމެކެވެ. އަނެއްކޮޅުން ބޮޑެތި މައްސަލަތައް ތަހްޤީޤުކުރުމުގެ އިތުރުން ފުލުހުންގެ ބޭފުޅުން އެތައް މަސްތަކެއްވަންދެން ފާރަލައިގެން ބަލަމުން ގޮސް އަތުލައިގެންފައިވާ މީމީސްމީހުންވެސް ކޯޓަށް ވައްދާއިރަށް އެކަށީގެންވާ ހެކިދެއްކިފައި ނުވާތީ މުޖުތަމަޢުއަށް ދޫކޮށްލެވޭކަމީ މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭވަރުގެ ބޮޑުކަމެކެވެ. އެހެންކަމުން  ކުރިން މިދެންނެވި ބައިބައިވުމާއި، ޤައުމުގެ ހަލަބޮލިކަމާއި، ޢާއްމުކުށްތަކުގެ އަސްލަކީ މިއީކީ ނޫންބަވައޭވެސް ހިތަށްއަރައެވެ.

އަޅުގަނޑަށް މި މަޢުޟޫޢުގައި ދެންނެވެން އޮތްހާވެސް އެއްޗަކީ ޤައުމުގައި އުފެދިގެން މިއުޅޭ ސިޔާސީ ބައިބައިވުމާއި، އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް މިޤައުމަކީ އަމާންކަމާއި، ރައްކާތެރިކަމާއެކު އެންމެން އުޅެވޭނެ ތަނަކަށް ހެދޭނީ ދައުލަތުގެ އެންމެހައި މުއްސަސާ ތަކެއްވެސް އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރެވިގެންކަމެވެ. އެއްބައެއްގެ އުނިސިފަތައް ދެއްކުމަށް އަނެއްބަޔަކު މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެންވެސް ގުޅިގެން މަސައްކަތް ކުރެވިގެންކަމެވެ.

އެހެންނޫނީ މުޅިދުނިޔޭގައި އަޅުގަނޑުމެންގެ އަގުވެއްޓި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ވައިޓްހައުސްގެ ފާރުބުޑުގައި ސަލާންޖަހަން ގޮސްތިބެންޖެހޭ ފަދަ ދެރަނިކަމެތި ބަޔަކަށް ވެދާނެއެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar