ޤައުމީޔުނިވަރސިޓީގެ ކެމްޕަހެއް ކެނދިކުޅުދޫގައި ހުޅުވައިފި.

MNUޤައުމީ ޔުނިވަރ ސިޓީ ( އެމްއެންޔޫ ) ގެ ކެމްޕަހެއް ނ.ކެނދިކުޅުދޫގައި ހުޅުވައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.
ކެނދިކުޅުދޫގައި އަލަށްހުޅުވި ކެމްޕަހުގައި ޖުމުލަ 36 ދަރިވަރުން ކިޔަވަމުންދާނެއެވެ. އެއީ މިއަހަރު ނިމެންވާއިރަށް ޑިޕްލޮމާ ހަދަންޖެހޭ ޓީޗަރުންގެ ތެރެއިން އެކިރަށްރަށުގެ 36 ދަރިވަރުންނެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ ކެނިދިކުޅުދޫ ކެމްޕަހަކީ އަދި ވަގުތީ ގޮތުން ހުޅުވި ކެމްޕަހެއްކަމަށެވެ. އެހެންނަމަވެސް އެމް އެން ޔޫ ގައި މިހާރު ކޯސް ހަދަމުންދާ ދަރިވަރުންނަށް ކެނދިކުޅޫދޫ ކެމްޕަހުގައި ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
ކެނދިކުޅުދޫގައި ކެމްޕަހެއް ހުޅުވާފައިވާއިރު މިދިޔައަހަރު ގެ ނޮވެމްބަރު މަހު ޤައުމީ ޔުނިވަރސިޓީއިން ވަނީ ނ، ކެނދިކުޅުދޫގައި އަޅަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ހަބަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުށްވެރި ކޮށްފަ އެވެ.
ޤައުމީ ޔުނިވަރސިޓީއިން އޭރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔުނިވާސިޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ތަންތަން އުފެއްދުމާއި އުވާލުމުގެ ބާރަކީ ޔުނިވާސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރަކަށް ވާހިނދު، އަތޮޅު ތެރޭގައި ކެމްޕަސް އަޅާނެ ރަށްރަށް ކަނޑައެޅުމަކީ ކައުންސިލުން ކުރާ ކަމެއް ކަމަށެވެ. އަދި މާލެއާއި ކުޅުދުއްފުށްޓާ ދެމެދުގައިވާ ސަރަހައްދުގައި ޔުނިވާސިޓީގެ ކެމްޕަހެއް ގާއުމުކުރުމުގެ މައްސަލައަކީ ކައުންސިލުން އެޖެންޑާ ކުރެވިގެން މަޝްވަރާކުރާ މައްސަލައެއް ކަމަށެވެ.
އަދި އެ މައްސަލައަކީ ޔުނިވާސިޓީ ކައުންސިލްގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި ހޯދަންޖެހޭ މައުލޫމާތުތަކާއި ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ގޮތެއް ނިމިފައިވާ މައްސަލައަކަށްނުވާތީ، އެކަން އަދި ހަމަނުޖެހޭ ކަމަށެވެ. އެބަޔާނުގައި ވެއެވެ.
ކޮންމެއަކަސް ކެނދިކުޅުދޫގައި މިހުޅުވުނު ކެމްޕަހުގެ ސަބަބުން އަލަށް ޑިޕްލޮމާއަށް ކިޔަވާ ބޭފުޅުންނަށް ޚާއްޞަކޮށް ނ.އަތޮޅުގެ އިރުމަތީ ބިތުގެ ރަށްރަށަށް ނިސްބަތްވާ ބޭފުލުންނަށް ވަރަށް ބޮޑުފަސޭހަތަކެއް ވެގެންދާނެކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

31 ދަރިވަރަކަށް ޤައުމީޔުނިވަރސިޓީން ސްކޮލަރޝިޕް ދީފި.

ޤައުމީ އުނިވަރސިޓީ، އެމް.އެން،ޔޫ ގެ 31 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ދީފިއެވެ. މިއީ ތައުލީމީ ގޮތުން ކުރިއަށް ދިޔުމުގެ މަގުފަހި …

ޚިޔާލެއްދެއްވާ

avatar