ޢިލްމުވެރިންނަށް ޙަމަލާދިނުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް!

މިއަދު ހަވީރު 5.15ގައި އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލުން ގެއަށްވަޑައިގެންނެވި މަގުމަތީގައި އެމަނިކުފާނުގެ ކާރުކޮޅަށް މީހަކު ޤަޞްދުގައި ޙަމާދީ ބިއްލޫރިގަނޑު ތަޅާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެއިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި އެކާރަށް ޙަމލާދީފައިވަނީ ކާރު ބުރުޒު މަގުން މާފަންނު އަޑު ކައިރިން ދުއްވާފައި ދަނިކޮށް ކަމަށެވެ. އެ ވަގުތު ކާރުގައި މިނިސްޓަރުގެ ދަރިފުޅު އިން އިރު ނަސީބަކުން އެދަރިފުޅަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ނުވެއެވެ. ނަމަވެސް ނަފްސާނީގޮތުން އެދސަރިފުޅަށް އަނިޔާނުލިބިނުދާނޭކަމީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ސައިކަލުން ޖެއްސުމުން ކާރުގެ ކަނާތް ފަރާތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާކަމަށާއި، އަދި ސައިކަލުން ޖެއްސުމަށްފަހު ދުއްވަންއިންމީހާ ފިލާފައިވާކަމަށްވެސް ފުލުސްއޮފީހުން މަޢުލޫމާތުދެއްވައެވެ.

މިފަހަކަށްއައިސް ދީނީޢިލްމުވެރިންނަށް ޙަމަލާދިނުމަކީ ވަރަށް ޢާއްމުކަމަކަށްވަނީ ހަދާފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެތެރޭގައި މާތްވެގެންވާ އިސްލާމްދީނަށްވެސް ނަފްރަތުކުރާބަޔަކު އުޅެކަމަށް ބައެއްފަރާތްތަކުން ތުހުމަތުކުރަމުންދެއެވެ. ކޮންމެދިވެއްސަކީ މުސްލިމަކަށްވާންޖެހޭނެކަމަށް ޤާނޫނުގައި އޮންނައޮތުން އަޅުގަނޑުމެންގެ ބަހާއި ޢަމަލުންވެސް ދައްކައިދޭން އެބަޖެހެއެވެ. ނޫންނަމަ، އަޅުގަނޑުމެންނަކީ، ކުރީގެ އުއްމަތްތަކުގެމީސްތަކުންނަށް ކުރިމަތިވެފައިވާ ޙާދިސާތަކުން ޢިބުރަތްޙާޞިލްކުރާބަޔަކަށް ނުވެވޭނެއެވެ.

ސިޔާސީމަޤުޞަދެއްޙާޞިލްކުރުމަށް މިފަދަޢަމަލުތައް ހިންގިނަމަވެސް މިފަދަޢަމަލުތައްފިންގުމުގެ ސަބަބުން އެބަޔަކު ޙާޞިލްކުރަންބޭނުންވާ ލަނޑުދަނޑި ޙާޞިލްނުވުމަކީ ވަރަށްގާތްކަމެކެވެ. އަދި އެހެންމުސްލިމްތަކުންގެ ނަފުރަތާއި މާތްﷲގެ ލަޢުނަތް އެބަޔަކަށް ހުރިކަމުގެ މަތީން ހަނދުމަކުރުން ހުއްޓެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދޭން ފަށައިފި.

މިއަހަރުގެ ދެވަނަ ޓަރމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، …

ޚިޔާލެއްދެއްވާ

avatar
ކެޓްބޯއީ
ކެޓްބޯއީ

ކޮންމެ ގޮތެއްވިޔަސް ބާޣީންވާނީ ހަމަ ބާޙީންނަށް ކިތަންމެ ބޮޑު ޢިލްމް ވެރިއަކަސް.

ބުންވަރު
ބުންވަރު

ވަރަށް ދަށުދަރަޖައިގެ ޢަމަލެއް.