ޢިލްމަކީ …!

ޢިލްމަކީ...

    ——————–

އަޙްމަދު ދާއޫދު / އައްސޭރި ، ނ.ލަންދޫ

ދަންނަވަންތޯއޭ ތެދެއް ހަމަ ހެޔޮހިތުން

               ދަންނަ އަޚުނާ އުޚުތުނަށް ހެޔޮ ބަސްތަކުން

 * * * * * * * * * * * * * * * * * *

ޢިލްމަކީ ގަނެވޭނެ އެއްޗެއް ނޫން އިނގޭ

              ޙިލްމުހުރި ދީންވެރި މުރައްބީން ބުނެދެތޭ

ހިތްވަރުން ނޫނީ ނުހޯދޭ އެއްޗެކޭ

              ހިތްވަރާ ޢަޒުމުން ނިކަން ދަސް ކުރުމެކޭ

ލިބި ތިމާއަށް ޢިލްމް ހުރިނަމަ ނަޞީބެކޭ

              ލިބިފަވާ ޙިލްމާ ، ހުނަރު ކުރިއެރުމެކޭ

ކާއިނާތް ހެއްދެވި އިލާހުގެ ޙައްޤެކޭ

              ދާއިމަށް  ފަރުވާ  ލިބޭނޭ   ބޭހެކޭ

ކަށްވަޅަށް ދާންދެން އޮތީ މިކަމުގެ ތެރޭ

               ކަންކަމާ މެދު ފިކުރުހިންގާ ވިސްނުމޭ

ދީނުގައި އެންގެވި މަގުން ހިނގުމަށް ކޮށޭ

                މީ ނިކަން ތަނަވަސް ސަރާސަރު އަލިމަގޭ

1 ނޮވެމްބަރ 2016

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz