ޢިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓި 3 އަހަރުގެ ކުއްޖަކު މަރުވެއްޖެ.

އެކުވެރި ޢަރަބި ޢިމާރާތް ( ޔޫއޭއީ ) ގެ ވެރިރަށް އަބޫދާބީ ގައި އުސް ޢިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ޢުމުރުން 3 އަހަރުގެ އަންހެންކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.

ޚަލީޖް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުން ފުލުހުން ނަށް މިޙާދިސާގެ ރިޕޯޓް ލިބުމާއެކު އެސަރަޙައްދަށް ދިޔައިރު އެކުއްޖާއޮތީ ވެއްޓިމަރުވެއެވެ. އަދި ފުލުހުންގެ ތަޙްޤީޤު ކުރިއަށް ދާއިރު މިހާތަނަށް އެނގައިފައިވާ ގޮތުގައި އެކުއްޖާ ވެއްޓުނީ އެޕާރޓްމަންޓްގެ ކުޑަދޮރެއްގެ ކައިރީގައި ހުރި ގޮނޑިއަކަށް އަރައިގެން އުޅެނިކޮށް ކަމަށްވެސް ފުލުހުންނާ ހަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.

ޢުމުރުން 3 އަހަރުގެ ކުޑަކުއްޖާގެ މައިންބަފައިންނާ ފުލުހުން ސުވާލުކުރަމުންދާއިރު މިކުއްޖާ ވެއްޓުނީ އެގޭގައި އެކުއްޖާ އެކަނި ދޫކޮށްލުމަށްފަހު މައިންބަފައިން ބޭރަށް ދިޔަވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ޚަލީޖްޓައިމްސްގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ރައްކާތެރިވުމަށާއި ޚާއްޞަކޮށް އުސްޢިމާރާތް ތަކުގައި ދިރިއުޅޭ ފަރާތްތަކުން މިފަދަކަންކަމަށް ސަމާލުވުމަށް ޔޫއޭއީ ގެ ފުލުހުން އިލްތިމާސް ކުރައްވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް އާ ޤާނޫނެއް އެކުލަވާލަނީ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ އާ ބިލެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި، އެ ބިލް މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅުއްވުމަށް …

ޚިޔާލެއްދެއްވާ

avatar