ޢަލީ މަޢުރޫފް އިންވިޓޭޝަނަލް ކަޕް މިއަހަރުން ފެށިގެން މުޅި އަތޮޅަށް ހުޅުވާލަނީ .

mauroofcup

އެމްޑީއޭގެ ނައިބު ލީޑަރ އަދި  ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަލްފާޟިލް ޢަލީ މަޢުރޫފް ގެ ޚަރަދުގައި މިދިޔައަހަރު ނ.އަތޮޅުގެ ބައެއް ރަށްތަކަށް އަމާޒުކޮށްގެން އަލަށް ތަޢާރަފްކުރި “ޢަލީ މަޢުރޫޕް އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތް” މިއަހަރުން ފެށިގެން މުޅި ނ.އަތޮޅުގެ ހުރިހާ ރަށްތަކަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން އެ މުބާރާތް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރުން ފެށިގެން އެމުބާރާތް ބާއްވަނީ މުބާރާތުގެ ނަމަށްވެސް ބަދަލުގެނެސްފައެވެ. އެގޮތުން ދެން އެމުބާރާތް ބާއްވާނީ “ސަން ޝިޔާމް ދޮނާކަޕް” ގެ ނަމުގައެވެ.

ނ.ކުޑަފަރީގައި މިދިޔައަހަރު ބޭއްވި އެމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނަރއަޕް ޓީމަށް 15،000ރ. ދިންނަމަވެސް މިއަހަރުންފެށިގެން ޗެމްޕިއަންޓީމަށް 100،000ރ. އަދި ރަނަރއަޕް ޓީމަށް 50،000ރ. ދޭގޮތަށްވެސް އެމުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

އެމްޑީއޭގެ ނައިބްލީޑަރ އިސްނަންގަވައިގެން ސަތޭކަޕަސަންޓް އޭނާގެ ޖީބުން ޚަރަދުކުރައްވައިގެން މިދިޔައަހަރުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތަކީ ނ.އަތޮޅުގައި މިފަހަކަށްއައިސް ބޭއްވުނު އެންމެ ކުލަގަދަ އެއްމުބާރާތެވެ.

މިދިޔައަހަރު އެ މުބާރާތް އޮތީ ނ.ކުޑަފަރީގައެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނ.މަނަދޫ އެކުވެރިންގެ ކްލަބެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރޭ މާޒިޔާ އާއި މިލަންދޫ ވާދަކުރި މެޗް މާޒިޔާކާމިޔާބުކޮށްފި.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ށ.މިލަންދޫ ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފިއެވެ. މިމެޗް …

ޚިޔާލެއްދެއްވާ

avatar
wpDiscuz