ޝެއިހް އިލިޔާސް ހުސެއިންގެ ދަރުސެއް ބާއްވަނީ

އަދާލަތު ޕާރޓީ އާއި ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން ( ލައިފް )  އާއި ގުޅިގެން ޝެއިޙް އިލިޔާސް ހުސެއިންގެ ދަރުސްއެއް މާދަމާ ލަންދޫގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

މަދަމަ ޝެއިހް އިލިޔާސްގެ ދަރުސްއެއް ލަންދޫގައި ބޭއްވިއްޖެކަަށްވަނަމަ މިކަން ވެގެންދާނީ ލަންދޫގައި މިއަހަރު ބޭއްވޭ މިފަދަ އެންމެފުރަތަމަ ދަރުސްކަމުގައެވެ. ހަމަ އެހެންމެ ޝެއިހް އިލިޔާސް ލަންދޫގައި ދެއްވާ ދެވަނަ ދަރުސް ކަުގައެވެ.

ވޭތުވެދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބާއި ދިމާކޮށް ޝެއިހްގެ ދަރުސްއެއްވަނީ ލަންދޫގައި ބޭއްވިފައެވެ. ވޭތުވެދިޔަ އަހަރު ނިމުުމުގެ ކުރިން ޝެއިޙްގެ ދަރުސްއެއް ލަނދޫގައި ބޭއްވޭތޯ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަންތައް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މިފަހަރުގެ ދަރުސްވެސް ލަންދޫގައި ބޭއްވުމުގައި ލަންދޫކައިންސިލް ގޮޑިއަށް އަދާލަތު ޕާރޓީގެ ޓިކެޓްގައި އިންތިޙާބު ވެލައްވާފައިވާ އަލްފާޟިލް އިބްރާޙިމް ޢަބްދުއްލަޠީފް އަދާކުރައްވާފައިވާ ދަޢުރުވަރަށް ބޮޑުކަން އުފަލާއިއެކު ފާހަގަކޮށްލަން ޖެހެއެވެ.

” ލައިފް ” ޖަމްޢިއްޔާއިން އިންތިޒާމްކުރާ ގިނަ ދަރުސްތަކެކޭ އެއްފަދައިން މާދަމާގެ ދަރުސްވެސް ބޭއްވޭތޯ ބަލަމުންއަންނަނީ ލަންދޫ ސްކޫލާއި ގުޅިގެން ލަންދޫ ސްކޫލަގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz