ޝިފާޤު ސަރުކާރަށް އަނެއްކާވެސް ފާޑުވިދާޅުވެއްޖެ.

ސަރުކާރާ ދެކޮޅަށް ފާޑުކިޔާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށްވުރެ މާ މުހިންމު މައްސަލަ ތައް މިއަދު ބަލަން ޖެހިފައި އެބަހުރި ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓް މެންބަރު ޝިފާޤު މުފީދު އަނެއްކާވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ޝިފާޤު ވިދާޅުވީ، ދައުލަތަށާއި ސަރުކާރަށް ނިސްބަތްވާ ގޮތަށް ރައްޔިތު މީހާ ދައްކާ ވާހަކަތައް ތަހްގީގު ކުރުމަށް ވުރެ މިއަދު ސަރުކާރުން ބަލަން ޖެހޭ މާ މުހިންމު މައްސަލަތައް އެބަހުރި ކަމަށާއި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައްޔިތުން ކަމަށްވާ އިރު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވުރެ އިސްކަންދޭން ޖެހޭ ކަމެއް ސަރުކާރަށް ވެސް އޮވެގެން ނުވާނެ ކަމަށެވެ.

ދިވެހި ގައުމީ ޕާޓީގެ ބައެއް މެންބަރުން ފުލުސް އޮފީހަށް ހާޒިރު ކުރެއްވި މައްސަލައަށް އިޝާރާތް ކުރައްވައި ޝިފާގު ވިދާޅުވީ، މިއަދު މި ފެންނަނީ ސަރުކާރުން އާ މައްސަލަތަކެއް ނެރެގެން ތަހްގީގު ކުރުމަށް މަސައްކަތް ކުރާތަން ކަމަށާއި ސަރުކާރުން މިއަދު ކަންބޮޑު ވެގެން އުޅޭތަން ފެންނަނީ އިއްޔެ ވިހޭ ކުއްޖަކު މިއަދު ނުހިނގައިގެން އެކަމާ ކަމަށެވެ.

ސަރުކާރުގެ ނުރަނގަޅު ސިޔާސަތު ތަކަށް ފާޅުގައި ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާ އެމްޑީޕީގެ ޕާލިމެންޓް މެންބަރު ޝިފާޤު ވިދާޅުވީ، ސިޔާސީ ފަރާތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އެ މީހުންގެ ތަހްގީގު ކުރުމަށް ދައުލަތުގެ އެންމެ އިސްފަރާތް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާތަން މިއަދު ފެންނަމުން ދާއިރު، ރައްޔިތުންތަކެއްގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ސަރުކާރުން އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމަށް ކުރާމަސައްކަތް ތަކަށް ސަރުކާރު ހިންގާ އެމްޑީޕީގެ އިސް މެންބަރަކު ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވާއިރު، އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރުކުރަން ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހރު ސަރުކާރު ވެއްޓޭނެކަން ކަށަވަރު ވެފައިވާތީ ރައްޔިތުންނަށް ބިރުދައްކައިގެން ވެރިކަން ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar
Ibrahim Abdullah

ކޮންމެ މީހަކު ކުރިޔަށް ނުބައިކަމެއް ވާނީ ނުބައި ކަމަކަށް. އަދި ރަނގަޅު ކަމެއް ވާނީ ހަމަ ރަނގަޅު ކަމަކަށް.

މޫގުޅި
މޫގުޅި

ޝިފާޤު އަކީ އިންސާފަށް ލޯބިިކުރާ ތެދުވެރިއެއްކަން އަހަރެން ބަލައިގެންފީމެވެ. ސަރުކާރުން ކުރިއަސް އިދިކޮޅުން ކުރިއަސް ނުބައިކަމެއްވިއްޔާ ވަނީ ނުބައިކަމަކަށެވެ. އިދިކޮޅު ލީޑަރުން ނައި، އިދިިކޮޅު އެކްޓިވިސްޓުން ހިފާހައްޔަރު ކުރުމަކީ މިސަރުކާރުން ކުރާ ވަރަށް ނޭއްގަނީ ނުބައި ޢަމަލެކެވެ.