ޝައިޚް އިލްޔާސް ޙުސައިންގެ ދީނީ ދަރުސްދިނުމުގެ ހުއްދަ ބާޠިލް ކޮށްފި

މުޅި ރާއްޖެއަށް މަޝްހޫރު އަދި އެތައް ބައެއްގެ އިޙްތިރާމާއި ލޯތްބާއި ޤަދަރު ހޯދާފައިވާ ދީނީ އިލްމުވެރިޔާ، ޝައިހް އިލްޔާސް ހުސެއިންއަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ، އިސްލާމިކް މިނިސްޓްރީން ބާތިލުކޮށްފިއެވެ.

ޝައިހް އިލްޔާސްއަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލުކުރީ މިއަދުއެވެ.

މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށްދަނީ އަމާޒުވަމުންނެވެ.

ޝައިހް އިލްޔާސްއަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލުކޮށްފައިވާއިރު، މިދިޔަ ހުކުރުދުވަހު ޝައިހް އިލްޔާސް ވަނީ ސ.ފޭދޫގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައެވެ.

މީގެ ކުރީގައިވެސް ޝައިޚް އިލްޔާސް ޙުސައިން ނުބަލާ ހުކުރު ޚުޠުބާ ދެއްވާފައިވެއެވެ.

ނުބަލައި ދީނީ ދަރުސް ދެވޭއިރު ހުކުރުގެ ޚުޠުބާ ނުބަލައި ނުކިޔެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ. ދީނީ ދަރުސްތަކާއި ހުކުރު ޚުޠުބާއާއި ހުރީ ދެންފަހެ ކޮންތަފާތެއް ހެއްޔެވެ. މިއީ ގިނަބަޔަކު މިހާރު އުފައްދަމުންދާ ސުވާލެކެވެ.

ޝައިޚް އިލްޔާސް ޙުސައިން އަކީ ދަރުސްތަކުގައިވެސް އެއިރެއްގައި ހިނގަމުންދާ ކަންކަމަކަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައި ހިތްވަރު ގަދަ ކެތްތެރި ޢަޒުމު ވަރުގަދަ ޙައްޤުބަސް ބުނުމުގައި ޘާބިތުވެ ހުންނަވާ ދީނީ ޢިލްމުވެރިއެއްކަން ފާހަގަކުރެއެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

ޚިޔާލެއްދެއްވާ

avatar