ޝަރުއީ ނިޒާމަށް ބޯނުލަނބާނަމަ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ޕީޕީއެމްއިން ދީފި.

ޝަރުޢީ ނިޒާމުން ކުރަމުންދާ ހުކުމްތަކަށް ބޯނުލަނބާނަމަ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލާނެކަމުގެ އިންޒާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމުން ސަރުކާރަށް ދީފިއެވެ.

ޕީ.ޕީ.އެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ކައުންސިލް މެމްބަރު އަލީ ނާފިޒް ވިދާޅުވީ މިހާރު ސަރުކާރުން ހިންގަމުން މިދާ ކަންތައްތަކާ ގުޅިގެން ޝަރުޢީ ދާއިރާއިން ކުރަމުންދާ ހުކުމްތަކަށް ތަބާނުވެ އެފަދަ ޙުކުމްތައް ތަންފީޒު ކުރަމުން ނުދާނަމަ ސަރުކާރު ވައްޓާލުމުގެ ހިތްވަރު އިދިކޮޅު ފަރާތްތަކުގައި އެބަހުރި ކަމަށާއި މަގުމައްޗަށް ނުކުމެގެން ސަރުކާރު ވައްޓާލަން ޖެހުނު ކަމުގައި ވިއަސް އެކަން ކުރާނެކަމަށެވެ.

 މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީ.ޕީ.އެމްގެ ސްޕޯކްސްމަން މުޙައްމަދު ނިމާލް ވިދާޅުވީ ޤާނޫނު އަސާސީއެއްގެ ދަށުން ވެރިކަމަށް އައި ރައީސް އަމިއްލަފުޅަށް ޤާނޫނު އަސާސީ ހުއްޓިފައިވާ ކަމަށް ބުނުމަކީ އެމަނިކުފާނު މަޤާމުން ވަކިވެފައިވާކަމަށް އަމިއްލަ ފުޅަށް ޤަބޫލު ކުރެއްވީ ކަމުގައެވެ.

އެހެންކަމުން ރައީސް ވިދާޅުވި ވިދާޅުވުން ރަނގަޅަށް ތަހުޤީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ޕީ.ޕީ.އެމްއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޕީ.ޕީ.އެމްއިންވަނީ ސަރުކާރު ހިންގުމާ އެންމެހައި ކަންތަކާ ޙަވާލުވުމަށް ނައިބްރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ގޮވާލާފައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar