ޗެމްޕިއަންސްލީގުގެ ފައިނަލް – ޗެލްސީ ކޯޗުގެ ބޮޑު އިމްތިހާނު

ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗް ޗެލްސީއާ 2003 ވަނަ އަހަރު ހަވާލުވި ފަހުން އޭނާގެ އެންމެބޮޑު ހުވަފެނަކަށް ވެފައިވަނީ ޔޫރަޕްގައި ކުޅެވޭ އެންމެބޮޑު އަދި އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމެވެ.

މިކަންތައް ހާސިލް ކުރުމަށްޓަކައި ވޭތުވެދިޔަ 9 އަހަރު ތެރޭ 8 ކޯޗަކުވަނީ އެޓީމަށް ގނެސްފައެވެ. މިއަށް ކޯޗުންގެ ތެރޭގައި ދުނިޔޭގެ އެންމެ ނަންމަޝްޙޫރު އެތައް ކޯޗަކުވެސް ހިމެނިފައި ވެއެވެ. ހަމަ މިއާއިއެކު ކުޅުންތެރިން ގަތުމަށްޓަކއި 700 މިލިއަން ޕައުންޑުވެސް އެޓީމަށް ރަޝިޔާގެ މަހުޖަނު ހަރަދުކޮށްފައިވެއެވެ.

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗްގެ އުއްމީދުތަކާއި އެންމެ ގާތައްވެސް މިހާތަނަށް ދެވިފައިވަނީ 2008 ވަނަ އަހަރުއެވެ. އެފަހަރު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑްއަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމަށްފަހު މިއަހަރު އަނެއްކާވެސް މިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ގޮއްސައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ޗެލްސީ ބައްދަލްކުރާނީ ޖަރުމަނުވިލާތުގެ ބަޔާން މިއުނިކާއި ދެކޮޅަށް ޖަރުމަނުގައި ކަމުން އެއްގޮތަކުން ޖަރުމަނު ކުލަބަށް އެޑްވާންޓޭޖު އެބައޮތެވެ. ކަން މިހެން އޮތްނަމަވެސް ޗެލްސީގެ މިހާރުގެ ކޯޗް އިޓަލީގެ ޑި މަޓެއޯ ބުނަނީ އެމީހުންނަށް މިފަހަރުގެ ތަށި ކާމިޔާބު ކުރެވިދާނެކަމަށެވެ. ޗެލްސީގެ މުހިއްމު 4 ކުޅުންތެރިންކަމަށްވާ ޖޯން ޓެރީ އާއި ރަމިރޭޒް އާއި ބްރަންސިލާވް އިވަނޮވިޗް އަދި ރައުލް މެއިރެލެސް ސަސްޕެންޑްކުރެވިފައިވީނަމަވެސް މިރޭގެ ފައިނަލުން ޗެލްސީ މޮޅުކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޗެލްސީގެ ކޯޗް ޑި މަޓެއޯ ކުރާނެކަމަށް ބެލެވެއެވެ.

މިރޭގެ މެޗުން ޗެލްސީ ބަލިވެއްޖެނަމަ ކޯޗް ޑި މަޓެއޯ ގެ މަޤާމް ގެއްލެނެކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މިހެންކަމާއިއެކު މިރޭގެ ބޮޑުފައިނަލްމެޗް ވެގެންދާނީ ޗެލްސީގެ މިހާރުގެ ކޯޗުގެވެސް ބޮޑު އިމްތިޙާނުކަމުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޗެމްޕިއަންސް ލީގު ފައިނަލްގައި ބަޔާން އާއި ރެއާލް

ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިފަހަރު ކުޅޭނެކަމަށް ގިނަބަޔަކު މިހާރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz