ޖޭޕީ އާއި، އެމްޑީޕީ އެއްކޮށްލަނީ

jpmdp
ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީ އެއްކޮށްލައިގެން މަޖްލިސްތެރެއިން މަސައްކަތް ކުރުމަށް އެދެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން މަޖިލީހުގައި އެކުގައި މަސައްކަތް ކުރުމަށް ގުޅިފައިވާ ޕާލިމެންޓްރީ ގުރޫޕެއް އުފެއްދުމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމިކަން އެނިގިފައިވަނީ ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ރޭ ކުރެއްވި ޓްވީޓަކުންނެއވެ. އެޓްވީޓްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް މަޖިލީހަށް ހުށަހަޅާ ކަންކަމާއި ދެކޮޅަށް އެމްޑީޕީއާއިއެކު މަޖިލީހުގައި މަސައްކަތް ކުރުމަށް ގުޅިފައިވާ ޕާލިމެންޓްރީ ގުރޫޕެއް އުފެއްދުމަށް ޖޭޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
މިކަމާއިގުޅޭ އިތުރު ތަފްސީލެއް ޖުމްހޫރީ ޕާޓީއާ އެމްޑީޕީން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޖޭޕީއާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެދުގައި ގުޅިފައިވާ ގުރޫޕެއް އުފެއްދުމަށް ތައްޔާރުވަމުންދާއިރު ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރުމަށް ޖޭޕީއާ އެމްޑީޕީއާ ދެމެދު މިރޭގެ ވަގުތެއްގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި

2017 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި އެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz