ޖެންޑާ އިން އަންގައިގެން ލަންދޫގެ މީހުންދިރިއުޅޭގެއެއް ބަލައި، ފާސްކޮށްފި.

ލަންދޫގެ ގެއެއް ލަންދޫކައުންސިލުން ފާސްކުރަނީ
ލަންދޫގެ ގެއެއް ލަންދޫކައުންސިލުން ފާސްކުރަނީ

ސީރިއަސް ޒަހަމްތަކާއެކު ވ. ރަކީދޫގައި މަރުވެފައި އޮއްވައި ފެނުނު، މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި މުޅިރާއްޖޭގެ ރައްޔިތުންގެ ސަމާލުކަން އެކަމަށް ހުއްޓިފައިވާ މިދަނޑިވަޅުގައި ޖެންޑާ މިނިސްޓްރީން އަންގައިގެން ނ.ލަންދޫގައި މީހުން ދިރިއުޅޭ ގެއެއް ލަންދޫ ކައުންސިލުން ބަލައި ފާސްކޮށްފިއެވެ.
ލަންދޫކައުންސިލުން މިއަދު ފާސްކޮށްފައިވަނީ ނ.ލަންދޫ ފެންފިނިމާގެއެވެ. މިގެ ބަލައި ފާސްކޮށްފައިވަނީ އެގެއަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ މިންވަރަށްވުރެ ހަޑިމުޑުދާރުކަން ބޮޑު ގެއެއްކަމަށް ބުނެ ޖެންޑާމިނިސްޓްރީގައި ބަޔަކު ޝަކުވާ ކޮށްގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
10 އަހަރުން ދަށުގެ 5 ކުދިންނާއި، ދެ މަފިރިން ދިރިއުޅޭ މިގެއަކީ މީގެ ކުރިންވެސް ސާފުތާހިރުކަން ދަށްވެގެން ލަންދޫހެލްތް ސެންޓަރުންނާއި، ރަށުގެ އެހެން ބައެއް މުއައްސަސާ ތަކުން އިސްނަގައިގެން ސާފުކޮށްފައިވާ ގެއެކެވެ.
ގޭތެރޭގައި ކައްކާ ކައިބޮއި ނިދާހަދާއިރު ކުނިވާޒާރުތެ ކާބޯތަކެތި ކުނިވެފައި އުކައިނުލައި ހުރުމާއި، ހަޑިކޮށްފައި ހުންނަ ނެޕީފަދަ ތަކެތި ގިނަޢަދަދަކަށް އެގޭތެރޭގައި އުކައި ނުލައި ހުއްޓާ ވަނީ މިއަދު ކައުންސިލްގެ މެމްބަރުންނަށް ފެނިފައެވެ.
ޖެންޑާމިނިސްޓްރީ ގެ ސަމާލުކަމަށް މިގެ މިއަދު އައިސްފައިވާއިރު މިގޭގައި މިފަދަ ހާލަތުގައި މިޢާއިލާ ދިރިއުޅެމުންދާތާ މިހާރު ގާތްގަޑަކަށް 10 ވަރަކަށް އަހަރުވެދާނެކަމަށް ރަށުގެ މީހުންބުނެއެވެ. އަދި ކައިރި ހިސާބުގެ ގެތަކުގެ މީހުންވެސް މިމީހުންނަށް ސާފުތާހިރުވުމަށް ނަސޭހަތްތެރިވެފައިވާކަމަށާއި، އެހެންނަމަވެސް އެފަދަ ނަސޭހަތެއް އެގޭމީހުން ޤަބޫލުނުކުރާކަމަށްވެސް އައްވަޓެރިން ބުނެއެވެ.
މިއަދު ލަންދޫކައުންސިލުން އެ ގެ ބަލައި ފާސްކުރުމަށްފަހު އިންސާނުން ދިރިއުޅެން ކަމުދާފެންވަރަށްވުރެ ދަށުދަރަޖައިގައި އެގޭގެ ސާފުތާހިރުކަންހުރީތީ ވީހާވެސް އަވަހަކަށް ސާފުކުރުމަށް ކައުންސިލުންވަނީ އެގޭ މީހުންނަށް ނަސޭހަތްތެރިވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ގައި ތިބި ސިވިލްސަރވިސްގެ ފިރިހެން މުވައްޒަފުންނާ ލަންދޫ ކައުންސިލްގެ ފަރާތުން ބައްދަލުކޮށްފި.

ނ.ލަންދޫގައި ހުރި ސަރުކާރުގެމުއައްސަސާ ތަކުގައި މިވަގުތު މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ލަންދޫކައުންސިލްގެފަރާތުން ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz