ޖީއެމްއާރު މައްސަލައިގައި ގައުމީ ޕާޓީގެ ވިސްނުމާއި ޑީއާރުޕީގެ ވިސްނުން ތަފާތު!

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރް ކުންފުންޏަށް ދީފައިވާ މައްސަލައިގައި ގައުމީ ޕާޓީން ކޯލިޝަން ހަދާފައިވާ ޑީއާރުޕީން ކަންކުރަމުން ގެންދަނީ ޑީއާރުޕީގެ ވިސްނުމާ އެއްގޮތަށް ކަމަށާ، މިކަމުގައި ޤައުމީ ޕާޓީގެ ވިސްނުން ވަރަށް ތަފާތުކަމަށް އެޕާޓީން ބުނެފިއެވެ.

ގައުމީ ޕާޓީގެ ސެކްޓްރީ ޖެނެރަލް އަބްދުﷲ އަމީން ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ޤައުމީ ޕާޓީގެ ވިސްނުން ވަރަށް ސާފުކޮށް އެންމެންނަށްވެސް އެންގެންޖެހޭކަމަށާ، ޖީއެމް އާރުން މިހާރުވެސް ކަންތައްތައް ކުރަމުން ގެންދަނީ އެންމެ ރަގަޅަށް ނޫންކަަމަށެވެ. ޖީއެމްއާރުގެ މުއާމަލާތްތައް ދިވެހި ރައްޔިތުންނާ ދިވެހި ސަރުކާރު އެދޭ ގޮތަށް ބަދަލުކުރުމަށް އެއްބަސް ނުވެއްޖެނަމަ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެއަރޕޯރޓް އަނބުރާ ދިވެހި ސަރުކާރަށް ނެގުންއެއީ އެންމެ ރަގަޅުގޮތް ކަމުގައި އަމީން ވިދާޅުވިއެވެ.

މިމައްސަލައިގައި ޤައުމީ ޕާޓީން ޑީއާރުޕީއާއެކު ވާހަކަތަކެއް ދައްކާފައި ނުވިނަމަވެސް މިމައްސަލައިގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ބޭރުގެ މީޑިޔާއަކަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފަވަނީ ވިޔަފާރީގެ އެއްބަސްވުންތަކަށް ސަރުކާރުން އިހްތިރާމް ކުރަން ޖެހޭނެކަމަށާ، ރާއްޖެއިން ބޭރުގެ ކުންފުނި ތަކާއެކު ވެފައިވާ އެއްބަސްވުންތަކާމެދު އަމަލު ކުރަންވާނީ ދެޤައުމުގެ ގުޅުމަށް ބުރޫ ނާރާ ކަހަލަ ގޮތަކަށްކަމަށެވެ.

އަމީން ވިދާޅުވީ ޖީއެމްއާރާއެކު ކޮށްފައިވާ މުއާމަލާތަކީ ދިވެހި ޤައުމާ ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ކުރެވިފައިވާ މުއާމަލަތެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާ، މިކަމުގެ ސަބަބުން ދުރު މުސްތަޤުބަލުގައި ގައުމަށާ ރައްޔިތުންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕެޓިޝަން މިއަދު ރައީސް ވަހީދުގެ އަތްޕުޅަށް އަރުވަނީ

ޖީއެމްއާރާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައީސް ވަހީދައި މިއަދު ހަވާލު ކުރާނޭކަމުގައި ގައުމީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz