ޖީއެމްއާރުން ދިވެހި ފައިސާ ބަލައިގަތުމަށް ދެކޮޅު ހަދަނީ

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ހިންގާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން، ދިވެހި ކުންފުނިތަކާއިއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ފައިސާ ބަލައިގަތުމަށް ދެކޮޅު ހަދަމުން ގެންދާކަމުގެ ޝަކުވާ ދިވެހި ބައެއް ކުންފުނިތަކުން ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ދިޓީވީއާއިއެކު މައުލޫމާތު ހިއްސާކުރި ބައެއް ކުންފުނިތަކުން ބުނިކަމަށް ދިޓީވީން ބުނެފައިވަނީ ޖީއެމްއާރަށް ދިވެހި ކުންފުނިތަކުން ފައިސާގެ ބިލްތައް ދައްކާއިރު، ދިވެހި ފައިސާ ބަލައިގަތުމަށް ދެކޮޅުހަދަމުންދާކަމަށެވެ. މިގޮތުން މި ފަހަކަށް އައިސް ދިވެހި ފައިސާއިން ދައްކާ ޗެކްތައް ބަލައިނުގަންނަކަމަށްވެސް މި ކުންފުނިތަކުން ޝަކުވާކޮށްފައިވެއެވެ.

ޖީއެމްއާރަށް ދައްކަންޖެހޭ ބިލްތައް ދިވެހި ފައިސާއިން ބަލައިގަތުމަށް ދެކޮޅު ހަދަމުންދާ ކަމަށްބުނެ، ދިވެހި ކުންފުނިތަކުން ޝަކުވާކުރާއިރު، ދިވެހިރާއްޖޭގެ މަނިޓަރީ ޤަވައިދުގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގައި ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީއާއި ކުލިފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުމަކީ މަނާކަމެއްކަމަށެވެ.

މީގެ އިތުރުން އަގު އަދާކުރުމަށް، ފައިސާގެ އިތުރަށް ބޭންކް ޓްރާންސްފަރ އާއި ޗެކްވެސް ހިމެނޭނީ، ފައިސާގެ ގޮތުގައި ކަމަށް މި ޤަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެއަރޕޯރޓާއި ގުޅުންހުރި އެކިކަހަލަ ވިޔާފާރިތައް ހިންގާ ކުންފުނިތަކަށް ޖީއެމްއާރުން މިފަދަ ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާތީ އެފަދަ ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕެޓިޝަން މިއަދު ރައީސް ވަހީދުގެ އަތްޕުޅަށް އަރުވަނީ

ޖީއެމްއާރާއި ދެކޮޅަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަން ރައީސް ވަހީދައި މިއަދު ހަވާލު ކުރާނޭކަމުގައި ގައުމީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz