ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ގާނޫނު ފާސްކޮށްފި.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީއިން ރޭ ފާސްކޮށްފިއެވެ.

މި އިސްލާޙް ފަނޑިޔާރުންގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ރޭގައެވެ.

ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގައި އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ އިއްޔެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަޕްލިމެންޓްރީ ބަޖެޓް އަންގާރަދުވަހު މަޖްލީހަށް.

ސަރުކާރުން މިއަހަރަށް ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓް އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށް ހުށައެޅުމަށް ތާވަލްކޮށްފިއެވެ. މިކަމުގެ ތަފްޞީލް ސަރުކާރުން ހާމަކޮށްފައި …

ޚިޔާލެއްދެއްވާ

avatar