ޖަލުތަކުގައި ރާވައިގެން ކޮށްފައިވާ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ގޮވާލައިފި.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަލުތަކުގައި ރާވައިގެން ކޮށްފައިވާ ކަމަށް ބުނާ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ގޮވާލައިފިއެވެ. އެކޮމިޓީގެމެމްބަރުން މިކަމަށް ގޮވާލީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން 2012 ޖުލައި 12 ވީ ބުރާސްފަތިދުވަހު ސަރުކާރުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ރިޕޯޓެއް ހުށައެޅުއްވުމުން އެކަމާމެދު މެމްބަރުންގެމެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ ކުރީގެ ސަރުކާރުން ރާވައިގެން އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ އިރު އެފަދަ ކަންކަމާ މެދު ފިޔަވަޅު އަޅާނެ ނިޒާމެއް ރާއްޖޭގައި ނެތްކަމަށާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން މެދުވެރިކޮށް ވެސް އެކަން ކުރެވެން ނެތް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާ އަނިޔާގެ މައްސަލަތައް ވަރަށް މަދު ކަމަށާއި އެ ކަންކަމަކީ ރަނގަޅު ތުހުމަތެއް ނަމަ ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

މައުމޫނުގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތައް ބެލުމަށް ކޮމިޝަނެއް އުފެއްދުމުން، އެކަން ސިޔާސީކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ކޮމިޓީން ފާހަގަކުރިއިރު، ރާއްޖޭގެ ވަފްދުން ބުނީ ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން މިނިވަން މުއައްސަސާއެއް އުފެއްދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ވާނީވެސް އެހެންތާއެވެ. މިނިވަން މުއައްސަސާތައް އުފައްދައިގެން އެތަންތަނަށް ނުފޫޒުފޯރުވަމުންދާ ފަރާތްތަކަށް މިކަމަކީ ހަޖަމުކުރެވޭނެކަމެއްނޫނެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އީރާނުގެ އިންސާނީ ހައްގުތައް ތަހްގީގުކުރުމަށް ކަނޑައަޅާފައިވާ އދ. ގެ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މައުމޫނު ސަރުކާރުން ކޮށްފައިވާ އަނިޔާގެ މައްސަލަތައް ބެލުމަށް ނިޒާމެއް އުފައްދަން ނިންމާފައިވާ ނިންމުން، ހިއުމަން ރައިޓްސް ކޮމިޓީގެ ފައިނަލް ރިޕޯޓުގައި ހިމަނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޓީން ކޯޓެއް ގޮތަށް މައްސަލަތައް ބެލުމުގެ ބާރު ލިބިދޭ ކަމަށާއި އެގޮތަށް މައްސަލަ ބަލައިފި ނަމަ މައުމޫނުގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރާއްޖެ އަށް އަންގާނެ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޓީގައި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމާއި ނޫސްވެރިންނަށް އަނިޔާކުރުމާއި އަންހެނުންގެ ހައްގުތައް ފުރިހަމަ އަށް ހިމާޔަތް ނުކުރެވުމާއި އަންހެނުންނަށް ފުރުސަތުތައް ހަނިވުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރި އެވެ.

މިކަމާގުޅޭގޮތުން ސަރުކާރުގެ އިސްކޮށްތިއްބެވި ބައެއްފަރާތްތަކުން ވިދާޅުވެފައިވަނީ ރައީސްމައުމޫނުގެ މައްސަލަތައް ބެލުމުގެ ވާހަކަ ދައްކާއިރު އޭގެކުރިންވެސް މިރާއްޖޭގައި ވެރިކަންކޮށްފައިވާ ފަރާތްތަކުން އިންސާނިއްޔަތާއި ޚިލާފު އަމަލުތައްކޮށްފައިވާކަމަށް ތުހުމަތުކުރެވިފައި އެބަހުރިކަމުގައެވެ. ވުމާއެކު ކުރީގެ ރައީސް ނަޝީދު ޢަބުދުﷲ ޤާޟީ ހައްޔަރުކުރިމައްސަލަ ޖައްސައިގެން އެކަމުގައި ބަގުޑިބައްދައިގެންއުޅުމަށްވުރެން އަދި މާއަނިޔާވެރިކަންތައްތައް މިރާއްޖޭގައި ކޮށްފައިވާކަން އެފަރާތްތަކުން އެބަ ޤަބޫލުކުރައްވައެވެ.

އދ. ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ޑރ. ޖަމީލްގެ އިތުރުން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން، އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގަތެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz