ޖަވާއާއި ނާގޭ ހެޓްރިކަކާއި ދިމާއަށް.

މިވަގުތު ނ.ލަންދޫގައި ތިބި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލަންދޫ ފުޓްބޯޅަޓީމުގެ ކެޕްޓަން ޙުސައިން ޖަވާދު (ޖަވާ) އާއި ޕްލޭ މޭކަރ ނައުޝާދު ޢަބްދުއްރަޙީމް (ނާގިން) މާދަމާ ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ.އަތޮޅު ބުރުގެ ފައިނަލް މެޗަށް ކުޑަފަރި ޓީމާއިއެކު ނިކުންނަނީ 3 ވަނަ ފަހަރަށް އަތޮޅު މުބާރާތުގެ ތަށި އުފުލާލުމަށެވެ.

ޖަވާ އާއި ނާގިންވަނީ މީގެ 2 އަހަރު ކުރިން ނ.ޅޮހީ ޓީމުގައި ހިމެނި މޮޅުކުޅުމެއް ދައްކާ ޅޮހީ ޓީމާއިއެކު އަތޮޅު ޗެމްޕިއަން ތަށި އުފުލާލައިފައެވެ. އަދި ވޭތުވެދިޔަ އަހަރު ބޭއްވުނު މުބާރާތް ލަންދޫއަށް ކާމިޔާބުކޮށްދީ ލަންދޫއާއިއެކު ޗެމްޕިއަންތަށި އުފުލާލައިފައެވެ.

މިހެންކަމާއިއެކު މާދަމާ މިމުބާރާތުގެ ތަށި ކުޑަފަރި ޓީމުން އުފުލާލައިފިނަމަ މިކަން ވެގެންދާނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް މިދެކުޅުންތެރިން ހިމެނޭ ޓީމެއް ހޯދާ 3 ވަނަ ފަހަރުކަމުގައާއި އަދި ހެޓްރިކް ހަދާ މިދެކުޅުންތެރިން އަތޮޅު ތަށި މިލުކު ކުރުން ކަމުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނ.ޅޮހީ ޒުވާނުންގެ ކްލަބް ހޯދައިފި.

ނ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނ.ޅޮހީ ޒުވާނުންގެ ކްލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ނ.ހޮޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް …

ޚިޔާލެއްދެއްވާ

avatar
wpDiscuz