ޕްރެކްޓިސް ފަހުމެޗުގައި ހޮޅުދޫއިން ލަންދޫ ބަލިކޮށްފި

ނ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެފަހަރު ހޯދާ  މިއަހަރުގެ މި މުބާރާތް ކާމިޔާބުކޮށް ތަށި މިލުކުކުރަން ނުކުންނަ ހޮޅުދޫ ފުޓްބޯޅަ ޓީމުން މިއަހަރުގެ މުބާރާތަށް ދިއުމުގެ ކުރިން ކުޅުނު އެންމެފަހުގެ ޕްރެކްޓިސް މެޗު ކާމިޔާބުކޮށްފިއެވެ.

 

މިއަދުގެ މެޗުގައި ލަންދޫއިން ނެރުނު ފުރަތަމަ 11 ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން / ފޮޓޯ:ލަންދޫއިންފޯ

ޕްރެކްޓިސް ފަހުމެޗުގައި ހޮޅުދޫޓީމުން ކުޅެފައިވަނީ ލަންދޫ ޓީމާއި ދެކޮޅަށެވެ. ވަރުގަދަ ސްކޮޑަކާއި އެކު މިއަދު ހަވީރު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗު ވެގެން ގޮސްފައިވަނީ މިފަހަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު އެންމެ ޓަފް އެންމެ ވަރުގަދަ ފުޓްބޯޅަ މެޗުކަމުގައެވެ.

މިއަހަރުގެ މުބާރާތާއި ހޮޅުދޫއިން ކުރިމަތިލަނީ ވަރުގަދަ ސްކޮޑަކާއި އެކުގައި / ފޮޓޯ: އަހްމަދު އިލްހާމް(އިރޭ)

މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ފުރިހަމައަށް ދުރާލާ ތައްޔާރުވަމުން އަންނަ މިދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ހުނަރުވެރި ކުޅުމެވެ. ހޮޅުދާއާއި ލަންދޫގައި ތިބި ފުޓްބޯޅަ ކުޅުމަށް އެންމެ ނަންމަޝްހޫރު ހުރިހާ ކުޅުންތެރިންގެ ކުޅުންކަހަލަ ގޮތަކަށް މިއަދުގެ މެޗުގައި ފެނިގެން ގޮސްފައިވާނެކަމަށް ދެޓީމުގެ ފަރާތުންވެސް މަޢުލޫމާތު ދެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ބޮޑަށް ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެފައިވަނީ ވޭތުވެދިޔަ ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫޓީމުންނެވެ. ދެވަނަ ހާފު ފަށައިގެން އެހާފުގެ ކުރީކޮޅު ހޮޅުދޫޓީމުން ކާމިޔާބުކުރި ގޯލާއި ހިސާބަށްވެސް މިއަދުގެ މެޗު ނޮމިނޭޓްކޮށް ރަނގަޅަށް ކުޅެފައިވަނީ ހޮޅުދޫޓީމުންނެވެ. ހޮޅުދޫ ޓީމުގެ ލަނޑަށްފަހު ލަންދޫޓީމުގެ ކުޅުން ރަނގަޅުކޮށް ހޮޅުދޫޓީމުގެ ފަހަތަށް ބާރުބޮޑު ކުރިނަމަވެސް ހޮޅުޓީމުގެ ގޯލަށް ނުރައްކާވާކަހަލަ ހަމަލާއެއް ލަންދޫޓީމަށް އުފެއްދިފައެއް ނުވެއެވެ.

މެޗުފެށުމުގެ ގޮތުން މި މެޗުގެ ޝަރަފުވެރިން ދެޓީމުގެ ކުޅުންތެރިންނާޢި ސަލާމް ކުރައްވަނީ / ފޮޓޯ: އަޙްމަދު އިލްހާމް (އިރޭ)

މި މުބާރާތުގެ ގުރުއަތުލުން ނެގި ޓީމުތައް ގްރޫޕްތަކަށް  ބަހާލެވިފައިވާއިރު މިދެޓީމު ހިމެނެނީ ތަފާތު ދެ ގްރޫޕެއްގައެވެ. މުބާރާތުގެ އެންމެ ވަރުގަދަވާނެކަމަށް ބެލެވޭ ގްރޫޕް – 1 ގައި ލަންދޫޓީމު ހިމެނޭއިރު ހޮޅުދޫޓީމު ހިމެނެނީ އާދައިގެ ގްރޫޕެއްގެ ގޮތުގައި ބެލެވޭ ގްރޫޕް 3 ގައެވެ.

މިއަދުގެ މެޗު ލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުން ދިޔަ ވަގުތު މިދެގްރޫޕުގައި ހިމެނޭ އެހެން ރަށްރަށުގެ ޓީމުތަކުން ލަންދޫއަށް ޒިޔާރަތްކޮށް މެޗުބަލާފައިވާކަން މިފުރުޞަތުގައި ފާހަގަކޮށްލެވެއެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
HASANBE
HASANBE

NOMINATE

wpDiscuz