ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިއްތިފާޤުން ނިންމައިފި.

ޕްރައިމަރީ އަކާ ނުލައި، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދިނުމަށް ޕީޕީއެމްގެ ކައުންސިލުން މިރޭ ނިންމައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ފާސްކުރީ ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްޤީއާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ދޭން ޖެހޭތީ ކަމަށް ޢަބުދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކައުންސިލުން ރައީސް ޔާމީނަށް ޓިކެޓް ދިނުމަށް ފާސްކުރިއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޓިކެޓް ދޭން ނިންމާފައެވެ. އެގޮތުން އެޕާޓީގެ ޕްރައިމަރީގައި އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދައެއް ނުކުރާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar