ޕީޕީއެމް ގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެކަމަށް ޕީޕީއެމް، ރައީސް ޔާމީން ފެކްޝަނުން ބުނެފިއެވެ.

އެފެކްޝަނުންބުނީ ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް “އަސްލު ޖަލްސާ” މިނަމުގައި އަންނަ ހުކުރުދުވަހުގެ ރޭ ވަރުގަދަ ޖަލްސާއެއް ބާއްވާނެކަމަށެވެ.

މި ޖަލްސާގެ ކަންކަން ބެލެހެއްޓެވުމުގައި އިސްކޮށް ހަރަކާތެރިވެޑައިގަންނަވާ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިޙާނު ހުސައިން މަނިކު ވިދާޅުވީ، ހުކުރުދުވަހުގެ ރޭގެ ޖަލްސާއިން ޕީޕީއެމްގެ ވަރުގަދަކަމާއި ބަދަހިކަން ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށެވެ. އަދި އެ ޖަލްސާއަކީ ޚާއްސަ އަދި މުހިންމު ޖަލްސާއެއްކަމަށްވެސް ނިހާން  ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ހަރަކާތައް އިތުރުވެފައިވާކަމަށެވެ. އަދި ޕާޓީގެ ހަރާކަތްތައް ކުރިޔަށްދަނީ ޑިމޮކްރެސީގެ ރިވެތި އުސޫލްތަކާއި އެއްގޮތަށްކަމަށެވެ.

ޕީ.ޕީ.އެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ، ޕާޓީގެ ހިންގުން މުސްތަޝާރާއި ހަވާލުކުރައްވަން ޝަރުއީ މަރުހަލާގެ އެންމެ ފަހުގެ މަރުހަލާއިން ނިންމެވިނަމަވެސް  ޕާޓީގެ ހިންގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޕާޓީގެ އޮފީހުން ކޮންމެހެން ލިބެން ޖެހޭ މުހިއްމު މައުލޫމާތު ޕާޓީ އޮފީސް ތެރެއިން ނައްތާލާފައިވާކަމަށް އެނާ ތުހުމަތުކުރައްވާ ކަމަށެވެ. އަދި  އެކަން ތަޙްގީގުކުރެއްވުމަށް މިހާރު ފުލުހުންނަށް ހުށައަޅުއްވާފައިވާކަމަށްވެސް އާރިފް ވިދާޅުވިއެވެ.

އަސްލު ޖަލްސާގެ ނަމުގައި ޖަލްސާއެއް ބާއްވަން ރައީސް ޔާމީންއަށް ތާއީދު ކުރާ ފަރާތްތަކުން ތައްޔާރުވަމުންދާއިރު ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ބާރުތައް ވަކިވެފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހުކުރުދުވަހުގެ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެ. ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރާ އެއްވުމުގައި ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވަން އުޅޭ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެއެވެ. ޕީޕީއެމް އޮފީހުގައި …

ޚިޔާލެއްދެއްވާ

avatar