ޕީޕީއެމް ލަންދޫ ގޮފީގެ ރައީސަކަށް ހަސަން ސައިފް ( ސައިއްޕޭ )

ލަންދޫ ޕީޕީއެމް ގޮފީގެ ރައީސަކަށް ނ.ލަންދޫ ސާހް އަލްފާޟިލް ހަސަން ސައިފް ( ސައިއްޕޭ ) އެގޮފީގެ ފަރާތުން ހޮވައިފިއެވެ.

ލަންދޫ ޕީޕީއެމް ގޮފީގެ ފަރާތުން އެގޮފީގެ މަޤާމްތަކަށް މީީހުން ހޮވުމަށް ރޭ ކުޑަކެފޭގައި ބޭއްވި ވޯޓް ލުމުގައި ސައިއްޕޭ ރައީސަކަށް ހޮވިގެން ދިޔައީ ވޯޓްލާން ހާޒިރުވި 50 އަށް ވުރެގިނަމީހުންގެ ފުރިހަމަ އަޤުލަބިއްޔަތުން ކަމަށް ވޯޓްލުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި އެޕާރޓީގެ މެމްބަރ އަލްފާޟިލް ހަސަން ސަޢީދު މަޢުލޫމާތު ދެއްވިއެވެ.

ލަންދޫ ޕީޕީއެމް ގޮފީގެ ރައީސަކަށް ސައިއްޕޭ ހޮވުނު އިރު ނައިބު ރައީސަކަށް ހޮވިފައިވަނީ ނ.ލަންދޫ ނޫހިރި އަލްފާޟިލް އަހްމަދު ހަސަނެވެ. މިގޮފީގެ ހިންގާ ސެކްޓްރީއަކަށް ހޮވުނީ ނ.ލަންދޫ ބާރަނަ އަލްފާޟިލް ހަސަން ސަޢީދެވެ. މިގޮފީގެ ރަޖިސްޓަރާގެ މަޤާމަށް އިންތިޙާބު ކުރެވުނީ ނ.ލަންދޫ ކަރަންކާވިލާ އަލްފާޟިލާ ހައްވާ ސުޖާދާއެވެ. ލަންދޫގައި އުފެއްދި ފުރަތަމަ ޕީޕީއެމް ގޮފީގެ ހަޒާންދާރަކަށް ހޮވުނީ ނ.ލަންދޫ ސަފާރީގޭ އަލްފާޟިލް މަޙަމޫދު މުޙައްމަދެވެ.  އަދި މި ގޮފީގެ ޙާއްޞަ 4 މެމްބަރުންގެ ގޮތުގައި ހޮވިގެންދިޔައީ ނ.ލަންދޫ ނޫރަންގޭ އަލްފާޟިލް ޢަބްދުއްނާޞިރު ޢަބްދުﷲ އާއި ނ.ލަންދޫ އޮއިވަރު އަލްފާޟިލާ ސަލްމާ ހުސެއިނާއި ނ.ލަންދޫ ނޫކޮކާގޭ އަލްފާޟިލް ޖަމާލް އައްޔޫބާއި އަދި ނ.ލަންދޫ މަތިވަރު އަލްފާޟިލް ސަޢީދު އިބްރާޙިމެވެ.

ޕީޕީއެމްގެ މެމްބަރަކު ” ލަންދޫއިންފޯ ” އަށް އަށް މަޢުލޫމާތު ދެއްވިގޮތުގައި މި ގޮފީގެ މަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފައި ވީނަމަވެސް ކޮންމެ  މަޤާމަކަށްވެސް ކުރިމަތިލައިފައިވަނީ ހަމަ އެންމެ މެމްބަރެކެވެ.

” ލަންދޫ އިންފޯ ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫގައި ޕީޕީއެމް ގޮފި އުފެއްދުމަށް އެންމެބުރަކޮށް މަސައްކަތް ކުރެއްވި ބައެއްފަރާތައް މިހާރުވަނީ ޕީޕީއެމްއިން ކެނޑި ޤާސިމް އިބްރާޙިމްގެ ޖުމުހުރީ ޕާރޓީ އާއި ގުޅިފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕީޕީއެމްގެ ޕްރައިމަރީގައި ލަންދޫގެ ވޯޓް ނަގާނީ ކޮންބޭފުޅެއްބާ؟

މާދަމާ ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެބޭފުޅުންގެތެރެއިން ނ.ލަންދޫގެ ވޯޓު ކާމިޔާބުކުރާނީ ކޮންބޭފުޅެއްބާއޭ މިއީ ލަންދޫގައި ތިބި ޕީޕީއެމްގެ …

ޚިޔާލެއްދެއްވާ

avatar
ރިފޯމް ލަންދޫ
ރިފޯމް ލަންދޫ

މަރުހަބާ ސައިއްޕެ ކަލެޔަށް ވާނެ!! ވިސްނުންތެރިކަމާއެކު ކުރިއަށްދޭ ބޮޑުތަނުން ކަފައި ލެވޭޅެ.