ޕީޕީއެމްގެ އަމާޒަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ %80 ކާމިޔާބުކުރުން

ޕީޕީއެމްއިން މިރޭ ބޭއްވި ބައްދަލުވުން
ޕީޕީއެމްއިން މިރޭ ބޭއްވި ބައްދަލުވުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުވުމަކީ، ރިޔާސީ އިންތިޚާބު ކާމިޔާބުގެ %30 ކާމިޔާބުވުންކަމަށާ، ޕީޕީއެމްގެ އަމާޒަކީ ކައުންސިލް އިންތިޚާބުގެ %80  ގޮނޑި ކާމިޔާބުކުރުންކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު ބައެއް މެމްބަރުންގެ ފޯމުތައް ޙަވާލުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޕީޕީއެމްއާ އަލަށްގުޅޭ މެމްބަރުންގެ ޢަދަދު އިތުރުވެގެންދާދިއުމަކީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެންމެ ހަރުދަނާ ޕާޓީކަން ހާމަވެގެންދާ އަލިގަދަ ދަލީލެއްކަމަށެވެ. އަދި ޚާއްސަކޮށް ޕީޕީއެމްގެ މުސްތަޝާރު ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމު، އެޕާޓީގެ ހިންގުމާ ޙަވާލުވެވަޑައިގަތްފަހުން، ޕާޓީގެ ދުވެލި އާދައާޚިލާފަށް ހަލުއިވެގެން ގޮސްފައިވާކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އޮންނަނީ، 2017 ވަނަ އަހަރުކަމަށްވެފައި، ޖެހިގެން އޮތް 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާތީ މިއީ ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭ ދަނޑިވަޅެއްކަމަށެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުވެސް އަދި ރިޔާސީ އިންތިޚާބުވެސް ޔާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ޕީޕީއެމްއާ ޙަވާލުކުރީ، ގއ.ވިލިނގިލި އަދި އެއަތޮޅު ކޮލަމާފުށިން އެޕާޓީއާ މުޅިން އަލަށް ގުޅުނު މީހުންގެ ފޯމުތަކެވެ. އެމީހުންގެ ތަޢާރަފް ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، ވިލިނގިލީ ދާއިރާއަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވަމުންދާ ތަރައްޤީއާއި ކުރިއެރުމަކީ ޢާއްމުރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން އެދާއިރާގައި ކުރިން އިދިކޮޅު އެހެން ސިޔާސީޕާޓީތަކަށް ތާޢީދުކުރި މީހުންވެސް މިހާރު ރައީސް ޔާމީނަށާއި، ޕީޕީއެމްއަށް ތާޢީދުކުރަންފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެތައްބަޔަކު މުޅިން އަލަށް ޕީޕީއެމްއާ ގުޅެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގއ.ވިލިނގިއްޔާއި، އެއަތޮޅު ކޮލަމާފުށިން ޕީޕީއެމްއާ މުޅިން އަލަށްގުޅުން 300 އަށްވުރެ ގިނަ މީހުންގެ މެމްބަޝިޕް ފޯމު މި ބައްދަލުވުމުގައި ވަނީ އެޕާޓީއާ ހަވާލުކޮށްފައެވެ.

މަސްދަރު : ޕީއެސްއެމްނިއުސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހުކުރުދުވަހުގެ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެ. ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރާ އެއްވުމުގައި ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ

އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވަން އުޅޭ އެއްވުމުގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޕީޕީއެމް އިން ނަސޭހަތްތެރިވެއްޖެއެވެ. ޕީޕީއެމް އޮފީހުގައި …

ޚިޔާލެއްދެއްވާ

avatar