ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމުން މައުމޫން ދުރުކުރަނީ

ޕީޕީއެމް ދެ ފެކްޝަނަކަށް ބައިބައިވެފައިވާ މިދަނޑިވަޅުގައި އެޕާޓީގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަކިކޮށްދިނުމަށް އެޕާޓީގެ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕީޕީއެމް ކައުންސިލުގައި ހިމެނިވަޑައިގެންނަވާ އަދި ރައީސް ޔާމިންގެ ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 2 މެމްބަރަކު ސިވިލްކޯޓަށް ހުށައަޅުއްވައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ޝާހިދުއެވެ. މި ދެ މެމެމްބަރުން ހުށައެޅުއްވި މައްސަލާގައި ވަނީ ޕާޓީގެ ރައީސްކަމުން މައުމޫން އަބްދުލްޤައްޔޫމް އެކަހެރިކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި ޕާޓީގެ ހިންގާ ޤަވާއިދާއި އަސާސީ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީ ހިންގެވުން ހަވާލުކޮށްދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ. އަދި ސިވިލިކޯޓުން ނެރެފައިވާ އަމުރަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށާއި ޕީޕީއެމްގެ ހިންގާ ޤަވައިދަށް ރައީސް މައުމޫން ގޮން ޖައްސަވާ ޕާޓީގެ ހަރަކާތްތައް އެއްކޮށް ހުއްޓުވާލާފައިވާކަމަށްވެސް މި މައްސަލާގައި ވިދާޅުވެފައިވެއެވެ.

ސިވިލްކޯޓުން ވިދާޅުވީ މި މައްސަލަ ހުށައެޅީ މިދިޔަ ބުރާސްފަތިދުވަހުކަމަށެވެ. އަދި މައްސަލަ ސުލްހަވެރިކަމާއެކު ޝަރީއަތަށް ނުގޮސް ހައްލުކުރަން ކުރި މަސައްކަތް ނާކިޔާބުވުމުން މާދަމާ މެންދުރުފަހު ތިންގަޑި ތިރީހަށް މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރައްވާފައިވާކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ. އަދި މާދަމާ ކޯޓަށް ހާޒިރުވުމަށް އަންގާ ޕީޕީއެމްގެ އޮފީހުގައި މިއަދު ރެޑް ނޯޓިސްވެސް ސިވިލްކޯޓުން ހިއްޕާފައިވެއެވެ.

އެ އަމުރުގައި، ކޯޓަށް ހާޒިރުވާ ފަރާތަކީ ޕީޕީއެމްގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ، ޕާޓީގެ ހިންގާ ޤަވައިދާ އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ހިފައިގެން ކޯޓަށް ހާޒިރުވުމަށްވެސް އަންގަވާފައިވެއެވެ. އަދި އެ އަމުރަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމަވާނެކަމަށްވެސް ސިވިލްކޯޓުގެ އަމުރުގައިވެއެވެ.

ޕީޕީއެމްގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް ޔާމީން ނިސްބަތްވާ ފެކްޝަނުން މިފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު ރައީސް މައުމޫން ގެންދަވަނީ ޕާޓީގެ އިސްމަޤާމްތަކަށް ބަދަލުގެންނަވަމުންނެވެ. އެގޮތުން ޕާޓީގެ ނައިބްލީޑަރ އަދި ކައުންސިލްގެ މެމްބަރު ޢަބުދުއްރަހީމް ޢަބުދުﷲ އެމަޤާމުން ވަކިކުރައްވާ ރައީސް ޔާމީނާއި އެންމެ ވާދަވެރި އެއްބޭފުޅާ ކަމުގައިވާ ޢުމަރުނަޞީރު ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމަށް އައްޔަން ކުރައްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz