ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސްޔާމީނާ ޙަވާލުކުރުމަށް ކޯޓުން އަމުރުކޮށްފި.

ވެރިކަން ކުރާ ޕީޕީއެމްގެ ހިންގުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިއީ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރެކެވެ.

ސިވިލް ކޯޓުގެ އަމުރުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ރައީސް ޔާމީންގެ މައްޗަށް އަމުރުކޮށްފައިވެސްވެ އެވެ.

ރައީސް ޔާމިނާއި ކުރީގެ ރައީސް މައުމޫނާއި ދެމެދު އުފެދިގެން އުޅެ ޚިޔާލުތަފާތުވުމެއްގެ ތެރެއިން ޕީޕީއެމް ދެބައިވެފައިވާ މިދަނޑިވަޅުގައި ސިވިލްކޯޓުން މިފަދަ ހުކުމެއް ނެރުމުން ޕީޕީއެމްގެ އެތެރޭގެ ކޯޅުން އިތުރަށް ވަރުގަދަވެގެން ގޮސް ޕާޓީ ބަލިކަށިވުން ނޫން އެހެންކަމެއް ނުވާނެކަމަށް ގިނަބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ.

ނަމަވެސް ސިވިލްކޯޓަށް މައްސަލަ ވައްދާފައިވަނީ ކޯޓުން ބޭރުން މިމައްސަލަ ޙައްލުކުރުމަށް އެތައް މަސައްކަތެއްކޮށް ނާކާމިޔާބު ވުމުންކަމަށް ޕީޕީއެމް ކައުންސިލްގެ ބައެއް މެމްބަރުން ބުނެއެވެ.

އަނެއްކޮޅުން ރައީސް ނަޝީދު ވަނީ ޕާޓީތަކުގެ އެތެރޭގެ ކަންކަމަށް ކޯޓުންތަކުން ވަނުމަށް ޖާގަދީގެންނުވާނެކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz