ޔޫރޯ 2012 އިން އެންމެފުރަތަމަ ކެޓިޤައުމަކަށް އަޔަލެންޑް

މިހާރު ޕޮލެންޑާއި ޔުކުރޭނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ ފުރަތަމަ ކެޓި ޓީމަކަށް ރިޕަބްލިކް އޮފް އަޔަލެންޑް ވެއްޖެއެވެ. މި މުބާރަތުން އަޔަލެންޑް ކަޓާފައިވަނީ މިޓީމް ކުޅުނު ދެމެޗުންވެސް ބަލިވެ މައިނަސް 6 ގޯލާއިއެކު އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

އަޔަލެންޑާއިއެކު ގްރޫޕް ސީގައި ދެން ހިމެނެނީ އެންމެފަހުގެ މި މުބާރާތުގެ ޗެމްޕިއަން އަދި އެންމެފަހުގެ ވޯޓްކަޕްގެ ޗެމްިއަން ސްޕެއިން އާއި 2008 ގެ ވޯލްޑްކަޕްގެ ޗެމްޕިއަން އިޓަލީ އާއި އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ކްރޮއޭޝީޔާއެވެ. ހަތަރު ޕޮއިންޓާއި ލަނޑުގެ ތަފާތުން ސްޕެއިން އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު ކްރޮއޭޝިއާ އެވެ. ދެ ޕޮއިންޓާއެކު އިޓަލީ އުޅެނީ ތިންވަނައިގައެވެ.

ގްރޫޕުގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ އަޔަލެންޑް އަތުން އިޓަލީ މޮޅު ނުވެއްޖެ ނަމަ، ހަމަ އެރޭ ސްޕެއިނާއި ކްރޮއޭޝިއާ ވާދަކޮށް ކޮންމެ ނަތީޖާއެއް ނުކުތަސް އެ ދެ ޓީމަށް ކުއާޓާ އަށް ދެވޭނެ އެވެ. އަޔަލެންޑް އަތުން އިޓަލީ މޮޅުވެއްޖެ ނަމަ އެ ޓީމާއެކު ކުއާޓާ އަށް ދާނީ ސްޕެއިނާއި ކްރޮއޭޝިއާ ކުޅެ މޮޅުވާ ޓީމެކެވެ. އަޔަލެންޑް އަތުން އިޓަލީ މޮޅުވިޔަސް، ސްޕެއިނާއި ކްރޮއޭޝިއާ މެޗު 2-2 ނުވަތަ އެއަށް ވުރެ ގިނަ ލަނޑުތަކަކުން އެއްވަރުވެއްޖެ ނަމަ ދާނީ ސްޕެއިނާއި ކްރޮއޭޝިއާ އެވެ. އަޔަލެންޑް އަތުން އިޓަލީ މޮޅުވެފަ، ސްޕެއިނާއި ކްރޮއޭޝިއާ މެޗު 1-1 ނުވަތަ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ ނަމަ ކުއާޓާ އަށް ދާނެ ދެ ޓީމެއް އެނގޭނީ ލަނޑުގެ ތަފާތަށް ބެލުމަށް ފަހު އެވެ.

މިހެންކަމާއިއެކު މިގްރޫޕްގެ ފަހުމެޗްތައް ވެގެންދާނީ ވަރަށް ވާދަވެރި ފޯރިގަދަ މެޗްތަކެއްގެ ގޮތުގައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz