ޔޫރޯ 2012 ގެ ތައްޔާރީތައް ކުރިއަށް

އަންނަމަހު 8 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕް ޤައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ޝަރަފްވެރި މުބާރާތްކަމުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ދިވެހިން ފަށައިފިއެވެ.

މިގޮތުން މިއަހަރުގެ ޔޫރޯ ދިވެހިންނާއި ހިސާބަށް ގެނެސް ދިނުމަށްޓަކައި ދިވެހިރާއްޖޭގެ ދެ ޓީވީ ޗެނަލްއަކުން މިހާރުވަނީ  މުބާރާތުގެ ކައުންޓް ޑައުން ސޯވތައް ފަށާފައެވެ.

ދިވެހިރާއްޖޭގައްޔާއި ، ދުނިޔޭގައި ބޭއްވޭ މިފަދަ ބޮޑަތި ހުރިހާފުޓްބޯޅަ މުބާރާތެއްހެން ދިވެހިންނާއި ހިސާބަށް ތާޒާކަންމަތީ ވަގުތުން ގެނެސްދޭ ރައްޔިތުންގެ ޓީވީޗެނެލް ، ޓީވީއެމް އިން މި މުބާރާތް މިފަހަރުވެސް ގެނެސްދޭއިރު މިހާރު ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދަމުންއަންނަ އަމިއްލަ ޓީވީ ޗެނެލްއެއް ކަމުގައިވާ ވިލާޓީވީ އިންވެސް އަންނަނީ ދިވެހިންނާއި ހިސާބަށް މިފަހަރުގެ ޔޫރޯ ގެނެސް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މި ދެޗެނެލްގެ އެހީގަައި ދިވެހީންނަށް ޔޫރޯ 2012 އާއި ބެހޭ އެތައް، އެތައް މައުލޫމާތުތަކެއް ލިބެމުންދާއިރު މުބާރާތުގެ މެޗްތައް އެއްތާކު އެންމެން އެކުގައި ތިބެގެން ބަލާލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން ބޮޑު ސްކްރީން ބެހެއްޓުމާއި މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ދިދަތަކުން މުބާރާތް ބަލަންތިބޭ މާލަންތައް ޒީނަތްތެރި ކުރުމާއި މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެބަޔަކު ސަޕޯރޓްކުރާ ޓީމެއްގެ ޖާރޒީތައް ހޯދުމާއި މުބާރާތާއި ގުޅޭ ފޮތްތަކާއި ލީފްލެޓާއި ޕޯސްޓަރުފަދަ ތަކެތި ތައްޔާރުކުރުން  ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޅުގަނޑުމެންގެ މިރަށް ނ.ލަންދޫ ގައިވެސް މިފަހަރުގެ ޔޫރޯ އެންމެން އެއްތާކު ތިބެ ފޯރިއާއި ޖޯޝްގައި ބަލާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. ލަންދޫގެ ޒުވާނުންވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތްވެސް އެންމެން އެއްތަނަކަށް އެއްވެތިބެ ވަރަށް ވަރަށް ފޯރިއާއި ޖޯޝްގައި ތިބެ މަޖާނަގަމުން ބަލާފައެވެ.

މިފަހަރުގެ ޔޫރޯގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން ރޭގަޑު 9:00 އާއި 11:45 ގައި ކަމުން މުބާރާތް ބަލާމީހުންގެ އަދަދު އެތައްތަނަކުން އިތުރުވެ ދިވެހިންގެ ތެރޭގައި މި މުބާރާތުގެ ފޯރި އެތައްގުނައެއް އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz