ޔޫރަޕާ ލީގުގައި ކުޅެން ބޭނުމެއްނޫން – ޑޭވިޑްލުއިޒް

ޗެލްސީގެ ޑިފެންޑަރ ޑޭވިޑް ލުއިސް - ހުނަރުވެރި މޮޅުން ކުޅުންތެރިއެއް

ޔޫރަޕާ ލީގުގައި ކުޅެން ބޭނުން ނުވާކަމަށާއި، ބޭނުންވަނީ އަންނަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގައި ކުޅެން ކަމަށް ލުއިޒް ބުނެފިއެވެ.

ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް މިހެން ބުނެފައިވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޗެލްސީއަށް ވަރަށް ހަނި ވެފައިވާ ދަނޑިވަޅެއްގައެވެ. ލުއިޒް ބުނީ އޭނާ ޗެލްސީއަށް ސޮއި ކުރިއިރު އޭނާ ބޭނުންވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ކަމަށާއި ޔޫރަޕާ ލީގުގައި ކުޅެން ބޭނުން ނޫން ކަމަށެވެ. ސީޒަންގެ ކުރީކޮޅު އަންދްރެސް ވިޔާ ބޮއަސްގެ މެނޭޖަރު ކަމުގައި ޗެލްސީއަށް ކުރިމަތިވި ނާކާމިޔާބީ ތަކުގެ ސަބަބުން ޗެލްސީ މިހާރު އޮތީ ޕްރިމިއާ ލީގު ތާވަލުގެ 5 ވަނައިގައެވެ.

ނަމަވެސް ރޮބާޓޯ ޑި މައްޓެއޯގެ އިރުޝާދުގެ ދަށުން މިހާރު ޗެލްސީ ފޯމަކަށް އެޅެމުން އަންނަކަމަށް ގިނަ ބަޔަކު ދެކެއެވެ. ކަންމިހެން އޮތްހިނދު ޕްރިމިއާ ލީގުގެ ޓީމަކަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭނީ ދަށްވެގެން ތާވަލުގެ ހަތަރުވަނައިގައި އޮވެ ސީޒަން ނިންމާލުމުންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ – ރިޔާސީ ބަޔާން

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

Irufaan kithamme baynunviyas mifaharu Chelsy jeheyny hama mahah dhaaaaaan.

wpDiscuz