ޓްރާންފޭރަންސީ މޯލްޑިވްސްގެ ފަރާތުން ލަންދޫރައްޔިތުންނާ ބައްދަލުކޮށްފި.

ޓްރާންޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މަޢުލޫމާތުދެނީ
ޓްރާންޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް މަޢުލޫމާތުދެނީ

ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ނ.ލަންދޫ ރައްޔިތުންނާ ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ ނ.ލަންދޫ ސްކޫލްގެ ޖަލްސާކުރާ ހޯލްގައެވެ.
ރޭ ލަންދޫރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން އިއްޔެވަނީ އެ ޖަމިއްޔާގެ ފަރާތުން ލަންދޫގެ މުއައްސަސާ ތަކުގެ މުވައްޒަފުންނާވެސް ބައްދަލުކޮށްފައެވެ.
މި ދެބައްދަލުވުމުގައިވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔައީ މައުލޫމާތު ދިނުމުގެ ޝެޝަންތަކެކެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ލަންދޫ ރައްޔިތުންނަށާއި، ލަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދީފައިވަނީ ޑިމޮކްރަސީއާއި، ލާމަރުކާޒީ ނިޒާމާއި، ބެހޭ މައުލޫމާތުގެ އިތުރުން އިޖްތިމާޢީ ހޭލުންތެރިކަމާބެހޭ މައުލޫމާތެވެ.
މިބައްދަލުވުންތަކުގައި ލަންދޫ ރައްޔިތުންނާއި، މުއައްސަސާ ތަކުގެ މުވައްޒަފުންގެ ތެރެއިން ގިނަބަޔަކުވަނީ ބައިވެރިވެފައެވެ.
ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ފަރާތުންވަނީ ލަންދޫން މިލިބުނު އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކޮށް ލަންދޫކައުންސިލަށާއި، ލަންދޫސްކޫލަށާއި، އަދި އެންމެހައި މުއައްސަސާތަކުގެ ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެފަރާތުން ނ.އަތޮޅަށް މިކުރައްވާ ދަތުރުގައި ލަންދޫގެ އިތުރުން ނ.ހޮޅުދުއާއި، ނ.ކެނދިކުޅުދުއަށްވެސްވަނީ ޒިޔާރަތްކޮށް އެ މައުލޫމާތުތައް އެރަށްރަށުގެ ރައްޔިތުންނަށް ދީފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz