ޓޮޕް ސްކޯރާރ އިއުލާން ނުކުރި ސަބަބު މިއޮތީ

ނިމިދިޔަ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ މަޤާމްތައް އިޢުލާން ކުރެވިގެން ދިޔައިރު އެންމެން އެންމެބޮޑަށް އަޅައިގަތީ މުބާރާތުގައި އެންމެ ވަރުގަދަ އެއްމަޤާމްކަމަށްވާ ޓޮޕް ސްކޯރާރގެ މަޤާމް އިޢުލާން ނުކުރުމުންނެވެ . މިފަހަރުގެ މުބާރާތުގައިވެސް އެންމެ ގިނަގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ  ނ.ހޮޅުދޫ އެފްސީގެ ގޯލާއެންމެ ރައްޓެހި ފޯވާރޑް އަހްމަދު ޒަމީރު (ޒަންބޯ) އެވެ.

މުބާރާތުގައި އެންމެގިނަ ލަނޑުޖެހި ހޮޅުދޫ އެފްސީގެ ޒަންބޯ / ފޮޓޯ:ހޮޅުދޫއެފްސީ ފޭސްބުކްޕޭޖު

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލެއްވި ބައެއް ބޭފުޅުން ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވި ގޮތުގައި ޓޮޕް ސްކޯރާރގެ މަޤާމް އެދުވަހުގެ އެ ޙާއްޞަ ރަސްމިއްޔާތުގައި އިޢުލާން ނުކުރީ މިފަހަރުގެ މުބާރާތުގެ ޓޮޕްސްކޯރާރއަކަށް ހޮވުނު ކުޅުންތެރިޔާގެ ފަރާތުން ފެނިގެންދިޔަ ދަށުދަރަޖައިގެ ޑިސޕްލިންގެ ސަބަބުންނެވެ.

“އަސްލު ބެލުންތެރިންނަށާއި ދަނޑަށް ހާޒިރުވެ ތިއްބެވި ބޭފުޅުންނަށްވެސް ފެނިގެންދާނީ އެ ޕްލޭޔާރގެ އަމަލްގެ ވަރަށް ކުޑަމިންވަރެއް ، އެދުވަހު އާއި އަދި އޯވަރޯލްކޮށް މުޅި މުބާރާތް ތެރޭގައިވެސް އެ ޕްލޭޔާރގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފުޓްބޯޅައިގައި އެއްގޮތަކަށްވެސް ފެނިގެންވާނެ ކަންތައްތަކެއްނޫން،( އޮފިޝަލުންނަށް މަރުގެ އިންޒާރު ދިނުމާއި، އެކަންތަކާއި އެއްވެސް ގުޅުމެއްނެތް މުބާރާތުގެ އެއްބާނީގެ ބައްޕާފުޅާއި ދިމާލަން ހަޑިހުތުރު އެއްޗެތި ގޮވާ މަރުގެއިންޒާރުދިނުމާއި ، ޓަނަލްތެރޭގައި ދުންފަތުގެ އިސްތިޢުމާލްކުރުން ފަދަ އެތަށް ކަމެއް އެކުޅުންތެރިޔާގެ ފަރާތުން ފެނިގެންދިޔަ . އެފަދަ ކުޅުންތެރިއެއްގެ ނަންވެސް އަސްލު އެފަދަ ހާއްޞަ ރަސްމިއްޔާތެއްގައި އިއުލާންކުރަންވެސް މުބާރާތުގެ ހިންގާ ކޮމެޓީއަށް ނުފެނުނީ” ތަފްސީލް ދެއްވަމުން ނަންނުޖެހުމަށް ޝަރުތުކޮށް އޮފިޝަލް ސާފުކޮށްދެއްވިއެވެ.

ޓޮޕް ސްކޯރާރ ގެ ނަން އިއުލާން ކުރެވެން ޖެހޭ

މުބާރާތުގައި ދެވަނައަށް އެންމެގިނަ ލަނޑުޖެހި ހޮޅުދޫ އެފްސީގެ ހުނައިފް / ފޮޓޯ:ހޮޅުދޫއެފްސީ ފޭސްބުކްޕޭޖު

މުބާރާތުގެ ޓޮޕްސްކޯރާއަށް ހޮވުނު ކުޅުންތެރިޔާގެ ޑިސިޕްލިންގ މައްސަލަތަކެއް ހުރެ އެކުޅުންތެރިޔާއަށް ހައްޤުވާ އެވޯޑްނުދީ ހިފެހެއްޓުމަކީ އެންމެރަނަގަޅު އެއްގޮތްކަމަށް ވެދާނެއެވެ. އެކަމް ޓޮޕް ސްކޯރާރގެނަން އިއުލާން ނުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޕްލޭޔާރގެ ނަން އިޢުލާންކޮށްފައި އެކުޅުންތެރިޔާއަށް އެވޯޑް ނުދޭންނިންމީ އޭނާގެ ޑިސިޕްލިންގެ މައްސަލަތަކެއް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ބަލަމުންދާތީކަމަށް އިއުލާންކުރިނަމަ ގިނަކުޅުންތެރިންނަށާއި ޓިމްތަކަށް މިކަމުން ބޮޑުފިލާވަޅެއް ލިބިގެން ދިޔައީސްކަން ކަށަވަރެވެ. ނޫނީ އެކުޅުންތެރިޔާއަށް އެވޯޑް ހަވާލުނުކޮށް ޓީމަށް ހަވާލުކުރުން ނުވަތަ ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ހޮޅުދޫ އެފްސީގެ ޖާޒީނަމްބަރ 28 އަޙްމަދު ހުނެއިފް އަށް އެވޯރޑް ދެވުނު ނަމަވެސް މަންޒަރު އެތަށްތަނަކުން ރީތިވެ އެންމެހާ ކުޅުންތެރިންނަށް ހިތްވަރެއް ލިބިގެން ދިޔައީސްކަން ކަށަވަރެވެ.

ކޮންމެއަކަސް މިފަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ފެނިގެން މިދިޔަ ކަންތައްތަކަކީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރަން ޖެހޭނެކަންތައްތަކެކެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެއްލައްކަ ރުފިޔާ ލަންދޫޓީމާއި ހަވާލުކޮށްފި

ނ.މާޅެންދޫގައި ނިމިދިޔަ މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި ލަންދޫޓީމަށް ދިނުމަށް ހަމަޖެހިފައިވާ އެއްލައްކަ ރުފިޔާ ނ.ލަންދޫ …

ޚިޔާލެއްދެއްވާ

avatar
mohamed zameer, zambo
mohamed zameer, zambo

Mohamed zameer not ahmed zameer landhoo infor thankolheh ragalhu kohlaa kekeje

Mohamed
Mohamed

Thimubaaraay hinganthibi baehgesababun
Shiyaam aa mauroofge aguves rayyithun
Kurimathee mivanee vehtifaa
Kithanmezamaaneh vandhen foot ball ge dhaairaa ulhunas mubaaraai raavaa hingan
Bodukharadhukohfa laafa ethibee ehves thajuribaaeh neh naagaabilbaeh

Romari
Romari

Kithamme laari eh haradhu luriyas varah dhah mubaaraatheh.

Saabahey mihaas 👍😂
Saabahey mihaas 👍😂

Ibraahim

wpDiscuz