ޓެކްސީ ޑްރައިވަރަކު ސްކޫލް ކުއްޖަކު ކިޑްނެޕް ކޮށްފި

އިންޑިޔާގެ ބެންގަލޫރު ގައި ޓެކްސީ ޑްރައިވަރަކު ސްކޫލް ކުއްޖަކު ކިޑްނެޕް ކޮށްގެން 8 ގަޑިއިރު ވަންދެން އޭނާ ޓެކްސީގައި ބައިންދައިގެން ދަތުރު ކޮށްފިއެވެ.

15 އަހަރުގެ މި ފިރިހެން ކުއްޖާ ކިޑްނެޕްކުރި މީހާ ހައްޔަރު ކޮށްފައިވާއިރު އޭނާއަކީ ޓެމިލްނާޑޫއަށް އުފަން އެކަމަކު ބެންގަލޫރުގައި 10 އަހަރަށްވުރެ ގިނަދުވަސް ވަންދެން ވަޒަންވެރިވެ ދިރިއުޅެމުންދާ މީހެކެވެ.

ޓެކްސީ ޑްރައިވަރު މިކުއްޖާ ކިޑްނެޕް ކޮށްފައިވަނީ އޭނާ ޓިއުޝަނުން ނިމިގެން ގެއަށް ދިއުމަށް އެ ޓެކްސީއަށް އެރުމުންނެވެ. އެކުއްޖާ އާއި، ޙަވަލާދީ ޕޮލިސް ރިޕޯޓް ބުނާގޮތުން ފުރަތަމަ އެކުއްޖާ ގޮވައިގެން ޑްރައިވަރު އެކުއްޖާގެ ގެއަށް ދިއުމަށް ދުއްވިނަމަވެސް ފަހުން ރޫޓްބަދަލުކޮށް އެކުއްޖާ ބުނާމަގުތަކުން ނޫން މަގުތަކުން ގިނައިރުވަންދެން ދުއްވީއެވެ.

މިކުއްޖާ ކިޑްނެޕް ކުރީ ކޮންބޭނުމެއްގައި ކަމެއް އެނގިފައެއްނެތެވެ. އަދި އެކުއްޖާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށްވެސް ނޫހުގައި ވެއެވެ.

ފުލުހުންނަށް މި މަޢުލޫމާތު ލިބުނީ އެކުއްޖާގެ ޢާއިލާއިން ދިން މަޢުލޫމާތުގެ އަލީގައި ޑްރައިވަރުގެ ފޯނުގެ ޓްރެކިން ބަލައިގެން ކަމަށްވެސް ނޫސް ރިޕޯޓައި ފުލުހުންނާ ހަވާލަދީ ލިޔެފައިވެއެވެ.

8 ގަޑިއިރަށްފަހު ފުލުހުންނަށް އެކުއްޖާ ފެނުނު އިރު އެކުއްޖާ ހުރީ ބެންގަލޫރުގެ މަޝްހޫރު ހޮޓަލެއްކައިރަށް ބާލާފާކަމަށާއި، ޑްރައިވަރު ހައްޔަރުކުރީ އެހިސާބުންކަމަށްވެސް އެރިޕޯޓްގައިވެއެވެ.

އިންޑިއާއަކީ މިބާވަތުގެ އިންސާނީ ޖަރީމާތައް ގިނަޢަދަދަކަށް ހިންގަމުންދާ ޤައުމެކެވެ. ގުރޫޕް ރޭޕިން އާއި، މާރާމާރީ ގިނަ ޢަދަދަކަށް ހިންގަމުން ގެންދާ ޤައުމެކެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިންޑިޔާގެ ޒުވާން ސިފައިންގެ ދިފާޢުގައި އަޖޭ ތެދުވެއްޖެ.

ޕާކިސްތާނާއި އިންޑިޔާ އާ ދެމެދު އަރައިރުން އުފެދި ދެޤައުމުގެ ބޯޑަރުކައިރީގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވަމުންދާ އިންޑިޔާ ޒުވާން ސިފައިންގެ ދިފާޢުގައި …

ޚިޔާލެއްދެއްވާ

avatar