ޓެބްލެޓް ޙަވާލުކުރި އެންމެ ފުރަތަމަ ސްކޫލަކީ އިސްކަންދަރު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ދޭ ޓެބްލެޓްތައް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކާ ހަވާލުކުރަން ފަށައިފައި ވާއިރު އެންމެފުރަތަމަ ޓެބްލެޓް ޙަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލާއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ދޭ ޓެބްލެޓްތައް ހަވާލުކުރަން ފަށާފައިވަނީ އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.  މި ރަސްމިއްޔާތުގައި އެ ސްކޫލްގައި ހުރިހާ ޓީޗަރުންނާއި ޓެބްލެޓްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ހުރިހާ ސްކޫލްތަކުގެ ޓީޗަރުންނާއި ޓެބްލެޓްތައް މި ހަފްތާގެ ތެރޭ ގައި ހަވާލުކޮށް ނިންމާނެކަމަށެވެ. އަދި އަންނަ ހަފްތާގައި އަތޮޅުތަކުގެ ސްކޫލްތަކުގެ މުދައްރިސުންނަށްވެސް ޓެބްލެޓްތައް ހަވާލުކުރަންފާށެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަދި މުދައްރިސުންނާ ޓެބްލެޓްތައް ހަވާލުކުރުމަށްފަހު ދަރިވަރުނަށްވެސް ހަވާލުކުރަންފާށާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ އަތޮޅުތަކަށް – އެޑިޔުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތައް ދަރިވަރުންނަށް ބަހަން ފަށައިފި ކަމަށާއި، ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ …

ޚިޔާލެއްދެއްވާ

avatar