ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި ކުޅުމަށް ނިންމައިފިއެވެ. މިމެޗް އޮންނާނީ މަދަމާ މާފަރު ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައެވެ.

ޓީމު ލަންދޫގެ ފުރަތަމަ ޕްރެކްޓިސް މެޗް ވަނީ މިދިޔަ ހަފްތާގައި ކެނދިކުޅުދޫ އާއިއެކު ކުޅެ މޮޅުވެފައެވެ. ލަންދޫ ޓީމުގެ ހެޑް ކޯޗް އަހުމަދު އިރުފާން މާދަމާގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ބޭނުންވަނީ ރީތި ގޭމެއް ކުޅެ ، މުބާރާތުގެ ކުރިން ޒުވާން ކުދިންނަށް ގިނަ ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.

އެންމެ ފަހުން މިދެޓީމު ކުރިމަތިލައިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެމެޗަކީ މިއަހަރު ކުޅެވުނު ސިލްސިލާ މެޗްތަކުގެ ތެރެއިން ފުރަތަމަ މެޗެވެ. އެމެޗު ކާމިޔާބު ކޮށްފައިވަނީ ލަންދޫ ޓީމުންނެވެ. ލަންދޫ ޓީމް މިމެޗް ކާމިޔާބު ކޮށްފައިވަނީ 5 – 3 ންނެވެ. ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި  ކުޅެވުނު އެ މެޗު ލަންދޫޓީމުން ކާމިޔާބުކޮށްފައިވަނީ މާފަރު ޓީމުން 3 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 5 ލަނޑު ޖަހައިގެންނެވެ.

 

ލިޔުނީ: ޔޫސުފު ޢަބުދުއްރަހީމް

ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) އަކީ ކުޅިވަރުގެ ޚަބަރުތައް ކަވަރު ކުރެެއްވުމުގައި އެފަދަ ދެވަނައެއްނެއް ޒުވާން ނޫސްވެރިއެކެވެ. އޭނާގެ ލިޔުންތައް ކުޅިވަރަށް ޚާއްޞަވެގެން ދިޔަނަމަވެސް މައުލޫމާތާއި އެހެނިހެން ޚަބަރުތައް ކަވަރުކުރެއްވުމުގައިވެސް އޭނާ ޙަރަކާތްތެރިވެލައްވައެވެ.

މިލިޔުންވެސް ކިޔާލާ

ޕްރެކްޓިސް ފުރަތަމަމެޗުން ލަންދޫޓީމަށް ހަނިމޮޅެއް

މިއަންނަ މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ލަންދޫ ފުޓްބޯޅަޓީމުން ކުޅުނު …

ޚިޔާލެއްދެއްވާ

avatar
wpDiscuz