ޓީމުން ދެއްކި ހިތްވަރަށް ހަމަ އައްސަރިބަހާ ސާބަސް

lfcލަންދޫ ޓީމުން މިއަހަރުގެ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޑަފަރި އެފްސީ އާއި ދެކޮޅަށް ކުޅެ ބަލިވި ކަމުގައިވިޔަސް އެޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ހަމަ އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އެހެނީ އިއްޔެގެ މެޗު ފެށިގެން ގޮސް ނިމެންދެންވެސް ލަންދޫ އެފްސީގެ ހުރިހާ ކުޅުންތެރިންވެސްވަނީ މެޗުން މޮޅުވެ ރަށަށް ރީތި ނަމާއި ޝަރަފް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައެވެ. މިފަހަކަށް އައިސް ލަންދޫޓީމުން ފެނިގެން ނުދާ ރަށުވަންތަ ލޯބި އިއްޔެ މެޗުގައި ކުޅުންތެރިންގެ ކިބައިން ފެނިގެން ދިޔަކަން ލަންދޫގެ ގިނަ ސަޕޯރޓަރުން ފާހަގަ ކުރެއެވެ. އިއްޔެގެ މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ޓީމުގެ ކުޅުންތެރިން އިއްޔެދެއްކި ކުޅުމުން ގިނަސަޕޯރޓަރުން އުންމީދުކުރަނީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވި މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ކަމަށެވެ.

ރެފްރީގެ ނިންމުންތައް އިންސާފުވެރިބާ !؟؟؟

refreeއިއްޔެގެ މެޗުގައި ރެފްރީއެއްގެ ގޮތުގައި އަރާ ހުންނެވި ރެފްރީއަކީ ލަންދޫގެ ފުޓްބޯޅައިގެ މިފަހުގެ ތާރީޙްގައި ލަންދޫއިން ކުޅުނު މުހިއްމު ގިނަ މެޗުތަކުގައި ރެފްރީކަން ކުރުމަށް އަރާ ލަންދޫޓީމާއި ދެކޮޅަށް ވަރަށް ބޭއިންސާފް ނިންމުންތަކެއް ނިންމާފައިވާ ރެފްރީއެއްކަން ލަންދޫގެ ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ފާހަގަ ކުރެއެވެ. ހަމަ އެކަނި އިއްޔެގެ މެޗަށް ބަލާލިކަމުގައި ވިޔަސް މިކަން ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ. ކުޅިބަލަން ތިބި އެންމެންނަށްވެސް ފެންނާނެހެން ކުޑަފަރި އެފްސީ އޭރިޔާތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުންވެސް ލަންދޫޓީމަށް ޕެނަލްޓީއެއް ދީފައެއް ނުވެއެވެ. ހަމަ އެހެންމެ ކުޑަފަރި ޓީމުގެ ފަހަތުގައި “ބަސްޕާރކު ކޮށްފައި ” ބާއްވާފަދައިން މުޅިޓީމު ފަހަތައް ޖެހި މެޗުލަސް ކުރުމަށް ބޭކާރު ގޮތުގައި 10 ވަރަކަށް މިނެޓް ދުއްވާލި ނަމަވެސް އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްވީ ހަމަ އެންމެ 5 މިނިޓެވެ. ހަމަ އެހެންމެ މެޗު ކުރިއަށް ދިޔަވަގުތު މެޗުގެ ރެފްރީ ކުޑަފަރި ޓީމުގެ ކުޅުންތެރިްނނާއި ހިނިތުންވުމާއި އެކު ވާހަކަ ދެއްކިއިރު ލަންދޫޓީމުގެ ކުޅުންތެރިންނާއި ވަނީ ރުޅިވެރިކަމާއި އެކު މުޢާމަލާތު ކޮށްފައެވެ. މިކަންތައްތަކަކީ އިއްޔެ ކުޅިބެލުމަށް ދަނަޑަށް ހާޒިރުވި ފުޓްބޯޅައިގެ ލަންދޫގެ ވާދަވެރި އެހެން ރަށްރަށުގެ ރައްޔިތުންވެސް ހިތާމައާއި އެކު ފާހަގަ ކުރި ކަންތައްތަކެވެ.

އިއްޔެގެ މެޗު ބަަލަން ހާޒިރުވި ބައެއް ރަށްރަށުގެ ރައްޔިތުން ފާހަގަ ކުރި ގޮތުގައި އިއްޔެގެ ރެފްރީއަކަށް އަރާހުންނެވި ފަރާތަކީ މި މުބާރާތުގައި ވަކިކޮޅަކަށް ބުރަވެހުރެ މެޗުގައި ނިންމުންތައް ނިންމަމުން އަންނަ ރެފްރީއެކެވެ.

އަތޮޅުގެ ހުރިހާ ރަށަކުންވެސް އެތައްބޮޑު ހަރަދެއްކޮށްގެން މިއަހަރުގެ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވެފައިވާއިރު މުބާރާތުގައި ރެފްރީކަން ކުރައްވަމުން ގެންދަވާ ބައެއްފަރާތްތަކުގެ ނިންމުންތައް ވަކިކޮޅަކަށް ޖެހިފައިވާތީ ބައެއް ރަށްރަށުންވަނީ އެކަންތައްތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz