ޒުވާންކަންމަތީ ގިނަދުވަހު ދެމިހުރުމަށް ބޭނުންތޯ؟

zuvaanun
ކޮންމެ އިންސާނަކުވެސް ޙަޔާތުގެ ޒުވާންދުވަސްތައް ވޭތުކުރަމުންގޮސް ޢުމުރުން ގިނަދުވަސްވުމުން ކޮންމެވެސް އެއް ހިސާބަކުން މުސްކުޅިކަމާ ކުރިމަތިލާންޖެހެއެވެ. މިއީ ދުނިޔޭގެ ޙަޤީޤަތެވެ. މިކަމާ އެއްވެސް މީހަކު ދެކޮޅެއް ނުހަދާނެއެވެ.
އެހެންނަމަވެސް އެމީހާގެ ޢުމުރާ އެކަށީގެންވާ ނުވާގޮތަށް މާއަވަހަށް މުސްކުޅިވުމަކީ ބައެއްމީހުންނަށް ދިމާވާކަމެކެވެ. މިކަން މިހެންދިމާވަނީ ސަބަބުތަކެއް މެދުވެރިވުމުންނެވެ. އެއްވެސް މީހަކު އެމީހާގެ ޢުމުރާ އެކަށީގެންނުވާ މިންވަރަކަށް މުސްކުޅިވާކަށް ބޭނުމެއްނުވާނެއެވެ. ގިނަމީހުން ބޭނުންވާނީ އަބަދުވެސް ޒުވާންކަން މަތީ އޭނާގެ މުޅިޙަޔާތް ވޭތުކޮށްލާށެވެ.
މިލިޔުމުގައި މިގެނެސްދެނީ އަވަހަށް މުސްކުޅި ވިޔަނުދިނުމަށް ބާރުއަޅާ ކަންތައް ތަކެކެވެ. މިގޮތުގައި ތިބާގެ ޙަޔާތުގެ ބާކީދުވަސްތައް ވޭތުވެކޮށްލެވިއްޖެނަމަ ތިބާގެ ޒުވާންކަން ގިނަދުވަހަށް ދެމިގެންދާނެކަމީ އިރާދަކުރެއްވިއްޔާ އެއްވެސް ޝައްކެއް ހުރިކަމެއްނޫނެވެ.
1. އެކަށީގެންވާ ރަގަޅު ކާނާ ބޭނުންކުރުން:
ބައެއްމީހުންނަކީ އެމީހުންގެ ދިރިއުޅުމުގައި ކެއުމަށް މާބޮޑަށް ވިސްނާބައެއް ނޫނެނެވެ. ކޮންމެ އެއްޗެއްވިޔަސް އަގަޔަށް މީރުވެފައި ބަނޑުފުރާލެވޭނަމަ އޯކޭއެވެ. އެކަން އެހެން އޮވެގެން ޒުވާންކަން މަތީ ދެމިހުރުމަށް އުނދަގޫވާނެއެވެ. ރަގަޅު ތަކެތި އަދި ބެލެންސް ޑައިޓް ޚިޔާރު ކުރާށެވެ. މާގިނައިންވެސް ނުކާށެވެ. އަދި މާމަދުންވެސް ނުކާށެވެ.
ތަރުކާރީ އާއި، މޭވާ ތާޒާކަންމަތީގައި ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމަނާށެވެ. ޕްރޮޓީން އާއި، ކެލްސިއަމް އެކުލެވޭ ކާނާ ކޮންމެ ދުވަހަކުވެސް ބޭނުންކުރާށެވެ. ކެފެއިން ގިނައިން އެކުލެވޭ ބުއިންތައް ނުބޯށެވެ. އެއީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްލާ ބާވަތެކެވެ.
2. ފަތާއި، ފަލަމަޑި ބޭނުންކުރުން:
ކެއުމުގައި ކުރިން ބަޔާންވެދިޔަ ބާވަތްތަކުގެ ތެރެއަށް އެކިވައްތަރުވައްތަރުގެ ފެހިކުލަ ގަދަ ފަތް ބޭނުންކުރާށެވެ. މަސްހުނިމޮޑޭއިރު ފަތްއަޅައިގެން މަސްހުނިމޮޑެވިދާނެއެވެ. ހަމަ އެފަދައިން ހުސްފަތަށްވެސް ބަތްކާއިރު ނުވަތަ އެހެންވެސް ކާއެއްޗެއް ބޭނުންކުރާއިރު ބޭނުންކުރެވިދާނެއެވެ.
ފަލަމަޑީގެ ބާވަތްތަކަކީކެވެސް ކެއުމުގައި ކޮންމެހެންވެސް ބޭނުންކުރަންޖެހޭ ބާވަތެކެވެ. ކައްޓަލަ އަލުވި ފަދަ ތަކެތި ވީހާވެސް އެކަށީގެންވާ މިންވަރަކަށް ބޭނުންކުރަން އާދަކުރާށެވެ.
3. މައިކްރޯ ނިއުޓްރިއަންޓްސް ލިބިގަތުން:
ކާބޯތަކެތި މި ބޭނުންވަނީ ހަމައެކަނި ބަނޑުހައި ހޫނުކަން ފިލުވުމަކަށް ނޫނެވެ. އޭގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިގަތުމަށްޓަކައެވެ. އެހެންވީމާ، ކާބޯތަކެތި މީރުވުމުގެ އިތުރުން، އެތަކެތިން ހަށިގަނޑަށް ލިބޭ ފައިދާއާ ދޭތެރޭ ސަމާލުވުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ދަންނަވަނީނަމަ، ހުދު ހަނޑުލަށްވުރެ ހަށިގަނޑަށް ފައިދާ ބޮޑީ ފަލަމަޑީގެ ބާވަތްތަކެވެ. އަދި ހުދު ފުށަށްވުރެ އާޓާފުށް ޞިއްޙަތަށް ރަނގަޅުވާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ގިނަމީހުންނަކީ މިކަހަލަ ކަންތަކަށް މާބޮޑަށް ފަރުވާ ބަހައްޓާ ބައެއް ނޫނެވެ. އާދެ، ޚާއްޞަގޮތެއްގައި އަޅުގަޑުމެން ސަމާލުކަންދޭންޖެހޭނީ، ޞިއްޙީގޮތުން ރަނގަޅު ކާނާ ލިބިގަތުމަށެވެ. ކޮންމެ ޢުމުރެއްގެ މީހުންނަށްވެސް މައިކްރޯ ނިއުޓްރިއަންޓްސް ލިބެން އެބަޖެހެއެވެ. އެ ނުލިބޭނަމަ ހަށިގަނޑާއި ސިކުނޑި އުފެދި ބޮޑުވުމުގައި އުނި ކަންތައްތަކެއް ފެނުމަކީ އެކަށީގެންވާކަމެކެވެ.
4. ސާފު އަދި ރައްކާތެރި ފެންބޭނުންކުރުން.
ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމަކީ ވެސް މީހާ ޒުވާންކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ވަރަށްބޮޑު ކަމެކެވެ. އެގޮތުން ސާފު އަދި ރައްކާތެރި ބޯފެން ބޭނުންކުރާށެވެ.

ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

1- ކައްކައިގެން ބޯފެން ބޭނުންކުރުން: ބޯފެން ކައްކައިގެން ބޭނުންކުރުމަކީ ފެނުގައި ހުރެދާނެ ބެކްޓީރިޔާ ވައިރަސް ފަދަ ޖަރާސީމްތައް މަރާ ނައްތާލާނެ ކަމެކެވެ.

2- ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ގަނޑުފެންވެސް ކެއްކިފެނުގައި ތައްޔާރުކޮށްގެން ބޭނުންކުރާށެވެ.

3- ސާފު ބޯފެން ލިބޭނޭ ވަޞީލަތެއް ހަމަޖެހިފައި ހުރުން

4- ފެންވަރާށާއި، އެހެނިހެން ކަންކަމުގައި ބޭނުންކުރެވޭ ފެންވަޅުތަކަށް ކްލޮރިން އެޅުން: މިގޮތަށް ކްލޮރިން އެޅުމުން ފެނުގައި އެކުލެވޭ ޖަރާސީމްތަކުގެ ދިރުން ނައްތާލައެވެ.

5- ހަށިގަނޑުގެ ސާފުތާހިރުކަން:

ފުރިހަމަ ސިއްޙަތެއްގައި ހުރުމަށާއި، ޒުވާންކަން ދެމެހެއްޓުމަށްޓަކައި ހަށިގަނޑުގެ ސާފުތާހިރުކަމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ޒުވާންކަން ދިގުދެމިގެން ދިއުމުގެ އެންމެ ބޮޑުސިއްރަކީ ބަލިތަކުން ސަލާމަތްވެ ފުރިހަމަ ސިއްޙަތެއްގައި ހުރުމެވެ. ބަލިތަކުން ސަލާމަތްވެވޭނީ ހަށިގަނޑުގެ ސާފުތާހިރުކަން އިތުރު ކުރެވިގެންނެވެ.
6- ޤަވާއިދުން ކަސްރަތު ކުރުން:
ކަސްރަތު ކުރަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށެވެ. ނަމަވެސް މިސުވާލު ވަކިވަކިން އެކި މީހުންނާ ކޮށްފިނަމަ ޖަވާބުތައް ތަފާތު ވާނެއެވެ. ބައެއް މީހުންނަށް ކަސްރަތު ކުރުމުގެ ހިޔާލު ބޮލަށް ވަންނަނީ ޒަވާޖީ ހަޔާތެއް ފެށުމަށް ބާއްވާ ޕާޓީގައި ލުމަށް ހެދުން ހޯދަން ފަށާ ހިސާބުންނެވެ. އަމާޒަކީ ރީތި ނަލަހެދުމެއްގައި ތިމާ ހުންނަ އިރު ތިމާގެ ބައްޓަންވެސް ރީތި ވުމެވެ. ކައިވެނީގެ ޕާޓީ ނިމުމުން، އެހިސާބުން ކަސްރަތު ކުރުން ހަނދާން ނެތެވެ.

ހަމަ މިފަދައިން ތިބާ ހާދަ ފަލަ ވެއްޖޭ މީހަކު ބުނެފި ނަމަ، ކަސްރަތު ކުރަން ފައްޓާނެ އެވެ. އެއްމަސް ދުވަސް ތެރޭ ތިން ކިލޯ ލުއި ކޮށްލުމަށްފަހު އަނެއްކާ ވެސް ފެންނަނީ ހުއްޓާލާތަނެވެ. ރައްޓެހިން ކަސްރަތު ކުރާތީ އެކަން ކުރަން ބޭނުންވާ މީހުން ވެސް ތިބޭނެ އެވެ. ނަމަވެސް އެމީހުން ކަސްރަތަށް ދިއުން ހުއްޓުމުން ތިމާއަށް ވެސް ހުއްޓާލެވެއެވެ.

ކަސްރަތު ކުރަނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. މިދެންނެވި ފަދަ މަގުސަދުތަކުގައި ކަސްރަތު ކުރުމަކީ ވެސް ގޯސް ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ތިމާ ދާންވީ މިސްރާބު ކަނޑައަޅާ ތިމާގެ އަމާޒަށް ވާސިލް ވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ އެވެ. އަދި އެޓާގެޓްތަކުގެ ތެރެއަށް ދިގުމުއްދަތުގެ ގޯލްއެއް އިތުރުކޮށްލާށެވެ. އެއީ މުޅި އުމުރުދުވަހު ރަނގަޅު ސިއްހަތެއްގައި ޒުވާންކަން މަތީ ދެމި ހުރުމެވެ.

މިކަންތައްތަ މިގޮތުގެ މަތިން ރަގަޅު ރޭވުންތެރިކަމާއެކު ކުރެވިގެން އަދި އެކަންކަން ކުރުންމަތީ ދެމިހުރެއްޖެނަމަ ޒުވާންކަން ނުގެއްލި ތިމާގެ ޢުމުރުގެ ބޮޑުބައި ހޭދަކުރެވޭނެކަމީ އިރާދަކުރެއްވިއްޔާ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar