އެއްދުވަހަކު އަލީ އޭނާގެ ރައްޓެހި މުހައްމަދު ގާތަށް ގޮސް އެހިއެވެ. އަހަރެންގެ ފޮށީގެ ނަމްބަރު ހޯދައި ދެވިދާނެތަ؟
”އޭ” މިހާރު ނުޖެހޭނެ ނަމްބަރު ނޭންގިގެން އުޅޭކަށެއް! މާރަގަޅުވާނެ. އެއޮތީ އޫރިދޫ، ވަގުތުން ގޮސް އަހާ ބަލަ، އެމީހުން ނަމްބަރު ބުނެދޭނެ.
ދެން އޭނާ އޫރިދޫ އަށް ދާން ހިގައިގަތެވެ. ނަމަވެސް އެދުވަހު އޭނައަށް އޫރިދޫ އަށް ދެވުން ކަމަކަށް ނުވިއެވެ. އެދުވަހަކު އެތަނެއް ނުފެނުނެވެ.
އެނާ ގެޔަށް ގޮސް އަވަހަށް އެތަން ހޯދާނެ ގޮތެއް ފެނޭތޯ ބެލިއެވެ. އޭނާގެ ޚިޔާލަކީ މާދެމާ ގޮސް މީހެއް ކައިރީ އަހާނީއެވެ. ދެން އޭގެ އަނެއްދުވަހެވެ. އޭނާ ގޮސް އެތާ ހުރި ބަންގާޅިޔެއްކައިރީ އެހީމަ ކީނުކީ އެއްޗެއް ނޭންގުނެވެ.
ދެން އޭނާ އެހީ ދިވެއްސެއް ކައިރީއެވެ. ދިވެހިމީހާ ބުންޏެވެ. އެހެރީ އެތަނެވެ. ދެން އަވަހަށް ގޮސް އެތާ ކައުންޓަރު މީހާ ބުންޏެވެ.
ކިހިނެއްވެގެން ތިޔަ އައީ؟ މިއައީ މަގޭ ފޮށީގެ ކޯޑް ނޭންގިގެންނެވެ.
ކައުން ޓަރުގައިން މީހާ ބުންޏެވެ މީ ފޮށީގެ ނަމްބަރު ބުނެދޭ ތަނެއް ނޫނެވެ. މިތަނުން ވިއްކާނީ ސިމް ކާޑެވެ. މިތަނުން ބުނެދޭނީ ފޯނު ނަމްބަރެވެ.
ނިމުނީ!
ޚިޔާލެއްދެއްވާ