ޒަޔާންގެ ޖޯކްތަކުން – ބްރިފްކޭހުގެ ނަމްބަރު ހޯދަން ދިރާގަށް!

އެއްދުވަހަކު މީހަކު އޭނާގެ ބްރިފް ކޭސް ގެ ނަމްބަރު ހަނދާންނެތިގެން އެހެން މީހެއް ގާތުގައި އެހިއެވެ. ކަލޯ ކަލެޔަށް އެނގޭތަ މީގެ ނަންބަރު؟ އެމީހާ ބުންޏެވެ. ނަމްބަރު ނޭން ގެންޏާ މިހާރު ދާނީދިރާގަށެވެ. އަވަހަށް ދިރާގަށް ދާށެވެ. ގޮސް އެމީހުން ގާތު އަހައިގެން ނަމްބަރު ހޯދާށެވެ.

ދެން އެމީހާ ދިރާގަށް ދިޔައެވެ. ގޮސްފާ ބުންޏެވެ. މި ފޮށީގެ ނަމްބަރު ބުނެލަދީބަލާށެވެ. ދިރާގު މީހުން ބުންޏެވެ. ތިޔަބްރިފްކޭހުގެ ނަމްބަރު އަޅުގަނޑުމެންނަށް އެނގޭނީ ކިހނެއްތޯއެވެ. އަޅުގަނޑުމެންނަކަށް ނޭންގޭނެއެވެ. ދިރާގު މީ ފޮށިހުޅުވައިދޭ ތަނެއްނޫނެވެ.

އެމީހާ ހީކުރީ ދިރާގުން ފޯނު ނަމްބަރު ބުނެދޭތީ ފޮށީގެ ނަމްބަރުވެސް ދިރާގަށް އެނގޭނެކަމަށެވެ.

ދެން އެމީހާ ދެރަވެގެން ގެއަށް ދިޔައީއެވެ.

ނިމުނީ

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.

ޚިޔާލެއްދެއްވާ

avatar
wpDiscuz