“ޑްރޮޕްބޮކްސް” ގެ ސްޕޭސް 23 ޖީބީ އަށް ބޮޑުކޮށްލަން ބޭނުންތޯ؟

ގިނަބޭފުޅުންނަށް އެނގިލައްވާނޭފަދައިން ޑްރޮޕްބޮކްސްއަކީ އިންޓަރނެޓްގައި އަމިއްލަ ޑޮކިޔުމެންޓް ތަކާއި، އެކިއެކި ފައިލްތައް ސްޓޯރ ކުރުމާއި، ރައްޓެހިންނަށާއި، އެހެނިހެން ބޭނުންތަކުގައި ޝެއަރކޮށް ހެދުމަށް ބޭނުން ކުރެވެމުންދާ ޝޯސަލް ނެޓްވޯކެކެވެ.

ނަމަވެސް ވަރަށްގިނަބަޔަކު މި ޚިދުމަތް ހިލޭ ލިބިގަންނަމުން ދާއިރު މިއަދާހަމައަށްވެސް ޑްރޮޕްބޮކްސް އިން ފްރީކޮށް ލިބެނީ އެންމެ 2 ޖީބީ އެވެ. އެހެންކަމުން ބޭނުންހާ ވަރަކަށް ތަކެތި ސްޓޯރ ކުރެވޭކަށް ނޯވެއެވެ. އެހާކުޑަސްޕޭސްއެއް ދާދިއަވަހަށް ފުލްވެދާނެތީ ގަންނާކުރައްވާ ބިރެއްގެ ސަބަބުންނެވެ. 2 ޖީބީ ފުލްވެއްޖެނަމަ ދެން ސްޕޭސް އިތުރުކުރަން ވެއްޖިއްޔާ ޖެހޭނީ ބޮޑުއަގުދީފާ ސްޕޭސް ގަންނާށެވެ.

މިކަން ދިމާވަނީ ހުސްއެކަނި ޑްރޮޕްބޮކްސް އަކު ނޫނެވެ. މިފަދަ އެހެން ގިނަ ސޯޝަލް ނެޓްވޯރކް ތަކުގައި މިކަން ހުންނަނީ މިދެންނެވި ބީދައިންނެވެ.

އެހެންކަމުން މިއަދު މިއޮތީ އަޅުގަނޑުމެންނަށް މިކަން ކޮންމެވެސް ވަރަކަށް ހައްލުކުރެވިފައެވެ. އެކި ހޯދުންތައް ހޯދާ ތަފާތު ކްރޭކްތައް ހަދަމުންގެންދާ މީސްމީހުންގެ ފުށުންނަމަވެސް މިފަސޭހަ އަޅުގަނޑުމެންނަށް މިއަދު މިއޮތީ ތަނަވަސް ވެފައެވެ. މިހާރު ތިޔަބޭފޫޅާ ގެ ޑްރޮޕްބޮކްސް އެކައުންޓްގެ ސްޕޭސް 23 ޖީބީއަށް ބޮޑުކޮށްލަން ބޭނުންނަމަ އަޅުގަނޑު މިދަންނަވާ ގޮތަށް ހައްދަވާށެވެ.

މިކަންކުރުމުގައި ދެ ގޮތެއް އެބައޮތެވެ. އެއްގޮތަކީ އެންޑްރޮއިޑް މޯބައިލް ފޯންގެންގުޅުއްވާ ބޭފުޅުންނަށް އޮތް ގޮތަކާއި، އެފަދަ ފޯނު ނޫން އެހެން ވައްތަރެއްގެ ފޯނު ގެންގުޅުއްވާ ބޭފުޅުންނަށް އޮތް ގޮތެކެވެ. މިފަހަރު މިދަންނަވާލަނީ އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަކުރެވިފައިވާ މެތަޑެވެ.

ޓިޔުޓޯރިއަލް 1 ( އެންޑްރޮއިޑް ފޯން ގެންގުޅުއްވާ ބޭފުޅުންނަށް )

ފުރަތަމަ ތިޔަބޭފުޅާގެ ފޯނުގައި ޑްރޮޕްބޮކްސްގެ އެޕްލިކޭޝަން އިނިއްޔާ އޭތި އަން އިންސްޓޯލް ކޮށްލާން ޖެހެއެވެ. ދެން އޭގެ ފަހުގަައި ތިރީގައިވާ ސްޓެޕްތަކަށް ބައްލަވާށެވެ.

  1. ޑްރޮޕްބޮކްސް އެޕްލިކޭޝަން ޑައުންލޯޑް ކޮށްލެއްވުމަށްފަހު އިންސްޓޯލް ކޮށްލަވާށެވެ.
  2. އެޕްލިކޭޝަން ރަން ކޮށްލައްވާށެވެ. އެއަށްފަހު ތިޔަބޭފުޅާގެ އެކައުންޓް ( ޑްރޮޕްބޮކްސް އެކައުންޓް ) ގެ މައުލޫމާތު ފުރުއްވާށެވެ.
  3. ތިޔަބޭފުޅާގެ އީމެއިލް ޗެކްކޮށްލައްވާށެވެ. އީމެއިލްގައި ތިރީގައި މިދަންނަވާ ގޮތަށް އޮންނަ އިބާރާތްކޮޅެއް އޮންނާނެއެވެ.

 [tip direction=”s”]“Congrats on becoming a Dropbox Guru! We’ve awarded you 23 GB of bonus space for the next 24 months! You now have 27.38 GB on Dropbox. To get even more space, check out our upgrade options.”[/tip]

މިހާރު ތިޔަބޭފުޅާގެ ޑްރޮޕްބޮކްސް އެކައުންޓްގެ ސްޕޭސް 23 ޖީބީއަށް ބޮޑުވާނެއެވެ.

ނޯޓް: މިގޮތުގެ މަތިން ފްރީ 23 ޖީބީ ވެލިޑް ވާނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
Lyn
Lyn

Superior thinking desrtmnoated above. Thanks!

wpDiscuz