ޑޮލަރުގެ އަގު މަޑުމަޑުން ނަމަވެސް ދަށަށްދާން ފަށައިފި.

މިދުވަސް ކޮޅު ބްލެކް މާކެޓްގައި ޑޮލަރުގެ އަގު މަޑުމަޑުން ދަށަށްދަމުން ދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދެއެވެ. ބްލެކްމާކެޓްގައި ޑޮލަރު ވިއްކައިގެންނަފާހޯދަމުންދާ އަޅުގަނޑުމެންގެ ވަރަށް ގާތް އަޚަކު މިއަދު ލަންދޫއިންފޯއަށް މަޢުލޫމާތު ދެމުން ބުނީ ކުރިން 19 އަށް ވިއްކި ޑޮލަރު މިހާރު 50/16 އަށްވެސް ނުވިކޭކަމަށާއި، ޤަބޫލު ކުރެވޭގޮތުގައި ބޭންކުން މިހާރު ކޮންމެވެސް ވަރަކަށް ޑޮލަރު ލިބޭތީ ނުވިކެނީ ކަމުގައެވެ.

ކޮންމެއަކަސް މިއީ ޑޮލަރުގެ އަގުބޮޑުވެ ކާބޯތަކެއްޗާއި، އަސާސީ ބޭނުންތަކަށް ބޭނުން ކުރާ އެހެނިހެން ބާވަތްތަކުގެ އަގުތައް އަތްނުފޯރާ ހާ މައްޗަށް ގޮސް ޖީއެސްޓީ %6 އަށް ބޮޑުވެ ޓެކްސް އާއި އޭތި މީތި ސަރުކާރުންވެސް ޢާއްމުރައްޔިތުން އަތުން ނަގަމުން ދާ ދުވަސްވަރެއްގައި އަޅުގަނޑުމެންފަދަ ނިކަމެތި ރައްޔިތުންނަށް ލިބިގެން ދިޔަ އުފާވެރިކަމުގެ މުޙިއްމު ޚަބަރެއްކަމުގައި ލަންދޫއިންފޯއިން ދެކެމެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
މޫގުޅި
މޫގުޅި

ޑޮލަރުގެ އަގު ދަށަށް ދާނެއްނު. ހާދަބައިވަރު ވަގުޑޮލަރެއް ފުލުހުން މިދޭ ތެރެއަކުން އަތުލައިގަންފިޔޭ. އެއީ ތިވާ ކަމަަކީ… ހެހެހެހެ

wpDiscuz